26 ޑިސެމްބަރ 2017 - 10:56

މެޑްރިޑް (ޑިސެމްބަރު 26) – ތާރީހުގެ ތެރެއަށް 2017 ވަނަ އަހަރު ވަދެގެންދާނީ ރެއާލް މެޑްރިޑުން ދުވަހަކު ވެސް ހަނދާން ނުނެތޭނެ އަހަރެއްގެ ގޮތުގައި ކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.
ރެއާލް މެޑްރިޑުން ވަނީ އެ ކްލަބުގެ ތާރީހުގައި މި އަހަރު ފުރަތަމަ ފަހަރަށް ފަސް ޓްރޮފީ އުފުލާލައިފަ އެވެ. އެއީ ސްޕެނިޝް ލީގާއި ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަ ކަޕާއި ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕެވެ.
"މި ނިމޭ 2017 ވަނަ އަހަރަކީ އަހަރެމެން، މެޑްރިޑް މީހުން ދުވަހަކު ވެސް ހަނދާން ނުނެތޭނެ އަހަރެއް. ތަށްޓަށް ބަލާއިރު މި އަހަރަކީ އަހަރެމެންގެ 115 އަހަރުވީ ތާރީހުގެ އެންމެ ކާމިޔާބު އަހަރު. މެޑްރިޑުގެ އެންމެން ވެސް ޓީމާއި ކޯޗު ޒައިނުއްދީން ޒިދާނާ މެދު ފަހުރުވެރިވޭ. އެ އެންމެންނަކީ ރެއާލް މެޑްރިޑުގެ ލެޖެންޑުންނާއި ލެގަސީގެ ބަޔެއް،" ޕެރޭޒް ވިދާޅުވި އެވެ.
މި ހުރިހާ ކާމިޔާބީތައް ލިބުނު ނަމަވެސް މެޑްރިޑަށް އަހަރު ނިންމާލަން ޖެހުނީ ހިތްދަތިކަމަކާ އެކު އެވެ. އެއީ ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު ވާދަވެރި ބާސެލޯނާ އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވެ ލީގު ހޯދުމުގެ ފުރުސަތު ގާތްގަނޑަކަށް ގެއްލުމުންނެވެ. ދެ ޓީމުގެ ފަރަގަކީ 14 ޕޮއިންޓެވެ.