އައްޑޫ އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދެނީ
އައްޑޫ އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދެނީ

އައްޑޫ ލިންކް ރޯޑްގައި މިއަދު ހެނދުނު ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

އައްޑޫ އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދެނީ
އައްޑޫ އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދެނީ

މި އެކްސިޑެންޓް ހިނގި ސަހަރަހައްދަށް ގިނަ އަދަދަކަށް ލޭ ވެސް އެޅިފައިވެ އެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެކްސިޑެންޓްވީ އެއް ކޮޅަށް ދުއްވާފައި ދިޔަ ދެ ވެހިކަލްގެ ތެރެއިން ކުރީގައި އިން ސައިކަލްގެ ފަހަތުގައި ޕިކަޕުން ޖެހިގެންނެވެ. މި ހާދިސާ ހިނގި އިރު، ސައިކަލްގައި ދެ މީހުން ތިއްބެވެ. އަދި އެ ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބުނު ނަމަވެސް އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

އެކްސިޑެންޓްވި ޕިކަޕަކީ އެންވަޔަރަމަންޓް މިނިސްޓްރީން އައްޑޫގައި ބޭނުން ކުރާ އުޅަނދެކެވެ. މި ހާދިސާގައި އޭގެ ކުރިކޮޅަށް ގެއްލުންތަކެއްވެފައިވާ އިރު، ސައިކަލަށް ވެސް ގެއްލުންވި އެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެކްސިޑެންޓްވި ސައިކަލްގައި ތިބި ދެ މީހުން ތިބީ ހެލްމެޓް ވެސް އަޅައިގެންނެވެ.