ޔޫޓިޔުބްގެ އާ ޕްލޭޔަރުގައި ބޭނުން ގޮތަކަށް ވީޑިއޯ
ޔޫޓިޔުބްގެ އާ ޕްލޭޔަރުގައި ބޭނުން ގޮތަކަށް ވީޑިއޯ

ޔޫޓިޔުބުން މިހާތަނަށް ވީޑިއޯ ފެންނަމުން އައީ ހަމައެކަނި ހުރަހަށް ކޮށްފައި ހުންނަ ވީޑިއޯތަކެވެ. ދިގުކޮށް ނޫނީ ވާޓިކަލްކޮށް ހުންނަ ވީޑިއޯ އެޅުވީމަ ފެންނަނީ ދެ ފަރާތުން ކަޅު ކުލައިގެ ބޯޑަރެއް ހުންނަ ގޮތަށެވެ. ފޯނުތައް ސްމާޓްވެ އެކި ގޮތްގޮތަށް ފޮޓޯ ނަގާ، ވީޑިއޯ ނަގަމުން ދާ ޒަމާނަކަށް މިހާރު ޔޫޓިއުބް އެޕްގައި ވީޑިއޯ ފެންނަ ގޮތް ކަމަކުނުދެ އެވެ.

އެކަމަކު އަލަށް ބޭނުންކުރަން ރިލީޒްކުރި ޕްލޭޔަރުން ހުރަހަށާއި ދިގަށް އަދި ހަތަރެސްކަން ހަމައަށާއި މި ނޫން ރޭޝިޔޯތަކަށް ނަގާ ވީޑިއޯތައް ވެސް ފެންނާނެ އެވެ. ފުލް ސްކްރީން ފިތަށް އޮބާލީމަ، ވީޑިއޯ ނަގާފައި އޮތް ގޮތަކަށް ފުލް ސްކްރީނުގައި ވެސް ފެންނާނެ އެވެ. އެއްކަލަ ކަޅު ބޯޑަރެއް ނުހުންނާނެ އެވެ.

ޖޫން 2017 ގައި ޔޫޓިއުބްގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ވަނީ ކުޑަ ދުވަސްކޮޅެއް ތެރޭ އާ ޕްލޭޔަރެއް ނެރޭނެކަން އިއުލާންކޮށްފަ އެެވެ. މި ވަގުތު މީގެ ޕްލެޔަރު ލިބެން ހުރީ ހަމައެކަނި އައިއޯއެސް ފޯންތަކަށް އެކަންޏެވެ. އެންޑްރޮއިޑަށް ލިބޭނެ ދުވަހެއް އަދި ނޭނގެ އެވެ.