26 ޑިސެމްބަރ 2017 - 06:31

އިންޑިއާގެ އުއްތަރުޕްރަދޭޝްގެ ރާލްޕޫރު ސަހަރުގެ މަގުތައް މަތީ ސަލާން ޖަހަން އުޅުނު މީހަކު، އެ ހިސާބުގަނޑު ސްކޫލެއްގެ މުވައްޒަފެއްގެ މަސައްކަތުން ސަލާމަތް ކުރި އެވެ. އެކަމަކު އޭރު އެއީ ކާކުކަމެއް އަދި އުފުލަން ޖެހިދާނެ ތަކުލީފަކާ މެދު، ސުވާމީއަށް ވިސްނިފައެއް ނެތެވެ.
މި މީހާ ފެންވަރުވާ ސާފުކުރި މީހުންނަށް އޭނާގެ އައިޑީ ކާޑާއި ސޭފްޓީ ޑިޕޮސިޓް ބޮކްސްއެއްގެ ތަޅުގަނޑިއެއް ފެނުނެވެ. އޭނާގެ ލިއުންތަކުގެ އަގު 10 މިލިއަން ރުޕީސް އަށް ވުރެ ވެސް ބޮޑެވެ.
އޭނާގެ ކާޑުގައިވާ މައުލޫމާތަށް ބަލައިގެން އެއީ ކާކުތޯ ހޯދަން ކުރި މަސައްކަތުން އެއީ ޓެމިލް ނާޑޫގެ ވަރަށް މުއްސަނދި މީހެއްކަން އެނގުނެވެ. އޭނާގެ ނަމަކީ މުއްތައްޔާ ނާދުރް އެވެ. އާއިލާ ހޯދައިގެން އޭނާ ހުރި ތަނުގެ މައުލޫމާތު ސްވާމީ ކިޔައިދިނެވެ. އަދި ނާދުރްގެ އަންހެންދަރިފުޅު ގީތާ އޭނާ ބަލާ އަ އެވެ.
ސްވާމީ ބުނީ އޭނާއަށް މި ފިރިހެންމީހާ ފެނުނީ އޭނާގެ ސްކޫލްގެ ގޯތި ތެރޭގައި ކާއެއްޗެއް ހޯދަން އުޅެނިކޮށް ކަމަށެވެ. އޭނާ ފެނުމުން ކާންދީ ބޯ ކޮށާލަދީ ހެދި ކަމަށް ސްވާމީ ބުންޏެވެ. އަދި ފެންވަރުވަން ބަޔަކާ ހަވާލުކުރީ އެވެ.
ގީތާ ބުނީ ރޭލުގައި ތަނަކަށް ދާން ދަތުރަށް އެރި ފަހުން ބައްޕަގެ ޚަބަރެއް ނުވާ ކަމަށެވެ. އޭނާއަށް މި ހާލު ޖެހުނީ މީހަކު ނުވަތަ ބަޔަކު ގަދަކަމުން އޭނާގެ ގަޔަށް ޑްރަގް ހިމެނޭ އިންޖެކްޝަންތަކެއް ޖެހުމުން ސިކުނޑިއަށް ލިބުނު ގެއްލުމެއްގައި ހަނދާންތައް ވެސް ނެތި ދިއުމުން ކަމަށް ގީތާ ބުންޏެވެ.
ފާއިތުވީ ހަ މަސް ދުވަހު އޭނާ އުޅުނީ ވާނުވާ ނޭނގި އާވާރާވެގެން މަގުމަތީގަ އެވެ. އޭނާގެ އަތުގައި ހުރި ފައިސާ އާއި އަގުބޮޑު އެއްޗެތި ވަނީ ވަގަށް ނަގާފަ އެވެ.