އަލަށް ހެދި "ރީތިފަރު" ކްރިސްމަސްއާ ދިމާކޮށް ހުޅުވައިފި
އަލަށް ހެދި "ރީތިފަރު" ކްރިސްމަސްއާ ދިމާކޮށް ހުޅުވައިފި

ރ. ފިލައިދޫގައި އަލަށް ހެދި "ރީތިފަރު" ރިސޯޓް ކްރިސްމަސްއާ ދިމާކޮށް ޓޫރިސްޓުންނަށް މިދިޔަ ހަފުތާގައި ހުޅުވާލައިފި އެވެ.

އަލަށް ހެދި "ރީތިފަރު" ކްރިސްމަސްއާ ދިމާކޮށް ހުޅުވައިފި
އަލަށް ހެދި "ރީތިފަރު" ކްރިސްމަސްއާ ދިމާކޮށް ހުޅުވައިފި

މިދިޔަ ބުދަ ދުވަހު ހުޅުވި ރިސޯޓަށް ފުރަތަމަ ދިޔަ ގެސްޓުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ބޮޑު ބެރާއި ސަގާފީ ނެށުމުގެ އިތުރުން މާފަތި އަޅުވައިފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވިއްކާލި ރީތި ބީޗް ރިސޯޓު ވެސް ހިންގާ އިންޑިއާގެ މަހޮގަނީ ޕްރައިވެޓް ލިމިޓެޑުން ތަރައްގީ ކުރި ހަތަރު ތަރީގެ ރިސޯޓުން މިވަގުތު ކޮޓަރިއެއް ވިއްކަނީ އެވްރެޖްކޮށް ރެއަކަށް 145 ޑޮލަރު (2،235ރ) ން ފެށިގެންނެވެ.

ދަރަވަންދޫން ފުރައިގެން ސްޕީޑް ލޯންޗެއްގައި 30 މިނިޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓުގައި ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ހިތްގައިމު ޑިޒައިންތަކަށް ތަރައްގީ ކޮށްފައިވާ 150 ކޮޓަރި ހިމެނެ އެވެ. އޭގެ އިތުރުން ތަފާތު އެކި ރަހަތަކުގެ ކެއުންތައް ލިބޭ ރެސްޓޯރަންޓާއި ބާ ވެސް ހުރެ އެވެ. އަދި ސްޕާއަކާއި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ޑައިވް ސެންޓަރެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ.

ރ. އަތޮޅުގައި މިހާރު ރީތިފަރު ރިސޯޓާއެކު ޖުމްލަ ހަ ރިސޯޓު ހިންގަ އެވެ. އަދި އިތުރު ރިސޯޓުތަކެއް ވެސް އެ އަތޮޅުގައި އަންނަނީ ތަރައްގީ ކުރަމުންނެވެ.