24 ޑިސެމްބަރ 2017 - 13:52

އޮޑިޓާ ޖެނެރަލްގެ އޮފީސް އޮޑިޓް ކޮށްދޭނެ އޮޑިޓަަރެއް ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު އިއުލާންކޮށްފި އެވެ.
މަޖިލީހުުގެ އިދާރާ އިން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭން ހުށަހެޅޭނެ އެންމެ މަތީ އަގަކީ އެއް ލައްކަ ރުފިޔާ އެވެ. އެކަމަށް އެދި ހުށަހެޅޭނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި ރަޖިިސްޓްރީ ކޮށްފައިވާ "އޭ" ކެޓަގަރީގެ އޮޑިޓަރަކަށް ކަމަށް އެ އިއުލާނުގައިވެ އެވެ.
އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހަކީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް އޮޑިޓްކުރާ އިދާރާ އެވެ. އޮޑިޓް ގާނޫނު ބުނާ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީސް އޮޑިޓް ކުރާނެ އޮޑިޓަރެއް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.