މޫނަށް ބަލައިގެން އޯޑަރު ނަގައިދޭން ފަށަނީ
މޫނަށް ބަލައިގެން އޯޑަރު ނަގައިދޭން ފަށަނީ

އެމެރިކާގައި ބާގާ ވިޔަފާރިކުރާ ކެލިބާގާ އިން ކަސްޓަމަރުންގެ މޫނު ދެނެގަނެގެން އޯޑަރު ބަލައިގަންނަ ސިސްޓަމެއް ޓެސްޓްކުރަން ފަށައިފި އެވެ. އެންއީސީގެ އުފެއްދުމެއް ކަމަށްވާ އަދި މޫނު ދެނެގަންނަ ސޮފްޓްވެއާއެއް ކަމަށްވާ ނިއޯފޭސް އަޅާފައި ހުރި ކިޔޮސްކްތަކެއް ބަހައްޓައިގެން އޭގެ ބައެއް ތަންތަނުން މިހާރު އަންނަނީ އެއީ ކުރެވޭ ވަރުގެ ކަމެއްތޯ ބަލަމުންނެވެ.

މޫނު ދެނެގަންނަ ކިޔޮސްކެއްގެ ކުރިމައްޗަށް އަރާ ހުއްޓިލާފައި އޭގައި ދޭ އިރުޝާދުތަކަށް އިޖާބަ ދިނުމުން އެ މީހަކު މީގެ ކުރިން އޯޑަރުކުރި ބާވަތްތައް ފެންނަން ހުރެ އެވެ. މިއީ އޯޑަރު ދޭ މީހުންނަށާއި އޯޑަރު ބަލައިގަތުމަށް ވަރަށް ފަސޭހަ ގޮތެކެވެ.

މޫނު ބަލައިގެން އޯޑަރު ނެގިޔަސް އެގޮތަށް ފައިސާ ދެއްކޭނެ މަގެއް އަދި ނެތެވެ. އެކަމަކު އަންނަ އަހަރު އެކަން ވެސް ހަމަޖެހޭނެ ކަމަށް ކެލިބާގާއިން ބުނެއެ ވެ.

ކެލިބާގާއަކީ އެފަދަ އާ ޓެކްނޮލޮޖީގެ އަޖުމަ ބެލުމުގައި އާންމު އެހެން ރެސްޓޯރަންޓްތަކަށް ވުރެ ކުރީގައި އުޅޭ ތަނެކެވެ. މި އަހަރުގެ ކުރީކޮޅު އެ ތަނުން ވަނީ ބާގާ ފުށުން ޖަހާ ރޮބޮޓެއް ކަމަށްވާ "ފްލިޕީ" އުފައްދާފަ އެވެ. އެ ރޮބޮޓްގެ މައިގަނޑު ވަޒީފާއަކީ ބާގާ މަސްފޮތި ފިހަން ލައިގެން ބަލަހައްޓައިގެން ހުރެ، ފުށުން ޖެހުމެވެ. މި ރޮބޮޓް ވީ ވަރަށް ކާމިޔާބު އުފެއްދުމަކަށެވެ.

ކެލިބާގާއިން މިހާރު ތައްޔާރުވަމުން އަންނަނީ 2018 ގައި މީގެ ރޮބޮޓްތައް ކެލިބާގާގެ 50 ރެސްޓޯރަންޓްގެ ބަދިގެތަކަށް ނެރުމަށެވެ.