"ސުލްތާން" އެންމެ ތިން ދުވަހުން 100 ކްރޯޑު ހޯދައިފި
"ސުލްތާން" އެންމެ ތިން ދުވަހުން 100 ކްރޯޑު ހޯދައިފި

ކުރިން ވެސް ހީކުރި ގޮތަށް ސަލްމާން ޚާންގެ "ސުލްތާން" ވަނީ ބޮކްސް އޮފީހަށް ބޮޑު ތޫފާނެއް ކުރިމަތިކޮށްފަ އެވެ. އެންމެ ތިން ދުވަސް ތެރޭގައި 105 ކްރޯޑު (1050 މިލިއަން ރުޕީސް) އަށް ވުރެ ގިނައިން ހޯދައިގެން މި ފިލްމު ދަނީ ތާރީޚީ ކާމިޔާބީ ތަކެއް ހޯދަމުންނެވެ.

"ސުލްތާން" އެންމެ ތިން ދުވަހުން 100 ކްރޯޑު ހޯދައިފި
"ސުލްތާން" އެންމެ ތިން ދުވަހުން 100 ކްރޯޑު ހޯދައިފި

އިންޑިއާގައި އީދު ފާހަގަކުރުން ޖުލައި 7 އަށް ބަދަލުވުމުން "ސުލްތާން"ގެ ވިޔަފާރިއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ފިލްމީ ތަޖުރިބާކާރުން ތިބީ ކުޑަކޮށް ބިރުންނެވެ. ނަމަވެސް ފިލްމުގެ ފުރަތަމަ ހަތަރު ދުވަހުގެ ވިޔަފާރިއަށް ބަލާއިރު ސަލްމާންގެ ފިލްމެއް ނުހިނގާ މަޑުޖެހުމަކީ ވާނެ ކަމެއް ނޫންކަން ވަނީ ސާބިތުކޮށްދީފަ އެވެ.

"ސުލްތާން" އެންމެ ތިން ދުވަހުން 100 ކްރޯޑު ހޯދައިފި
"ސުލްތާން" އެންމެ ތިން ދުވަހުން 100 ކްރޯޑު ހޯދައިފި

ހޮނިހިރު ދުވަހު ވެސް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ފިލްމުގެ އޮކިއުޕަންސީ އުޅެނީ 90 ޕަސެންޓަށް ވުރެ މަތީގަ އެވެ. އެހެންކަމުން އެ ދުވަހު އެކަނިވެސް 30-40 ކްރޯޑު (400-300 މިލިއަން ރުޕީޒް) މި ފިލްމުން ހޯދާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަނުޝްކާ ޝަރުމާ ވެސް މުހިއްމު ބައެއް އަދާކޮށްފައިވާ މި ފިލްމުގެ ވިޔަފާރި މިހާރު މިދާ ގޮތުން ފުރަތަމަ ހަފުތާ ބަންދު ނިމޭއިރު 160 ކްރޯޑު (1600 މިލިއަން ރުޕީސް) އަށް އަރާނެ ކަމަށް ބެލެވެ އެވެ. މި ވަރު ލިބިއްޖެ ނަމަ މިއީ ސަލްމާންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

"ސުލްތާން" ގިނަ ރެކޯޑްތަކެއް ހަދަމުން ދާއިރު ފިލްމު ވެފައި ވަނީ މިއަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން 100 ކްރޯޑު ކްލަބުން ޖާގަ ލިބުނު ތިން ވަނަ ފިލްމަށެވެ. އަނެއް ދެ ފިލްމަކީ "އެއާލިފްޓް" އާއި "ހައުސްފުލް 3" އެވެ.

ބޮލީވުޑްގެ އެންމެ އަލިގަދަ ތަރިއަށް ސަލްމާން ވެފައި ވަނީ "ސުލްތާން"ގެ ކުރިން ރިލީޒްވި ފަސް ފިލްމެއް ބްލޮކްބަސްޓާވުމުގެ ސަބަބުންނެވެ.

މި ފަސް ފިލްމުގެ ކުރިން ސަލްމާންގެ ކެރިއަރު އޮތީ އަޑިއަޅާލާފަ އެވެ.

ސަލްމާންގެ ކެރިއަރުގެ އެންމެ ބަނަ ދުވަސްވަރަކަށްވީ 2005 އިން 2009 އަށެވެ. މި މުއްދަތުގައި ނުކުތް އެންމެ ފިލްމެއް ފިޔަވައި ހުރިހާ ފިލްމެއް ވީ ފްލޮޕެވެ. އެދުވަސްވަރު ސަލްމާނު ހުރީ ފިލްމެއް ކާމިޔާބުވުމަށް އެދިއެދި އެވެ.

މައިނޭ ޕިޔާރް ކިޔާ، ހަމް އާޕްކޭ ހޭ ކޯން، ކަރަން އަރްޖުން، ހަމް ދިލް ދޭ ޗުކޭ ސަނަމް ފަދަ ބްލޮކްބަސްޓާތައް ސަލްމާންގެ ކެރިއަރުގެ ކުރީކޮޅުގައި ކުޅެފައިވާތީ އޭނާއަކީ އެންމެ ކުރިއްސުރެ ވެސް ސުޕަސްޓާރެކެވެ. ނަމަވެސް އޭގެ ފަހުން ކެރިއަރުގައި ވަރަށް ގަދަ ކޮޅިގަނޑަކާ ލައްވާލި އެވެ.

ކޯޓުގައި ހިނގަމުންދިޔަ މައްސަލަތަކާއި ޖަލަށް ދާން ޖެހުމާއި މި ނޫންވެސް ސަލްމާނާ ބެހޭ ގޮތުން އެދުވަސްވަރު ދެކެވެމުންދިޔަ ތަފާތު ވާހަކަތަކުގެ ސަބަބުން އޭނާގެ ކެރިއަރަށް ގެއްލުންތަކެއް ވަމުން ދިޔަ އެވެ.

ނަމަވެސް އަނެއްކާވެސް އޭނާގެ ނަސީބުގެ ތަރި ފިޔަޖަހަންފެށީ 2009 ގައި ނުކުތް "ވޯންޓަޑް" ކާމިޔާބު ވުމާ ގުޅިގެންނެވެ. ޕްރަބޫ ދޭވާ ޑައިރެކްޓްކޮށްފައިވާ މި ފިލްމާއެކު އަނެއްކާވެސް ސަލްމާންގެ ކެރިއަރަށް ދިރުން އައެވެ. އޭގެ ފަހުން ޖެހިޖެހިގެން ނުކުތް ފަސް ފިލްމު ބްލޮކްބަސްޓާގެ ދަރަޖަ ހޯދައި ސަލްމާންގެ ކޮންމެ ފިލްމަކީ ފައިސާ އޮހޭ ފިލްމަކަށްވި އެވެ.

"ވޯންޓަޑް" އަށް 690 މިލިއަން ލިބިފައިވެ އެވެ. މި އަދަދަކީ މިހާރާ ބަލާއިރު ބޮޑު އަދަދަކަށް ނުވިޔަސް 2009 ގައި މިއީ ވެސް ވަރަށް ބޮޑު އަދަދެކެވެ.

އޭގެ ފަހުން ނުކުތް "ދަބަންގް" ބޮކްސް އޮފީހުގައި 1410 މިލިއަން ރުޕީސް ހޯދިއިރު "ދަބަންގް 2" އަށް 1540 މިލިއަން ރުޕީސް ލިބުނެވެ.

އޭގެ ފަހުން ނިކުތީ ކެޓުރީނާ ކައިފްއާ އެކު އޭނާ ކުޅުނު "އޭކް ތާ ޓައިގާ" އެވެ. އެ ފިލްމަކީ ވެސް އެހާ ކާމިޔާބު ފިލްމެކެވެ.

ދެން ނުކުތީ "ބަޖްރަންގީ ބައިޖާން" އެވެ. މި ފިލްމަށް ޖުމްލަ 3210 މިލިއަން ލިބިފައި ވެއެވެ. އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" އަށް 2130 މިލިއަން ލިބުނެވެ.