އެންމެ ފަހުން ރުއީ "ޖައްގާ ޖާސޫސް"ރިލީޒް ވި ދުވަހު: ރަންބީރު
އެންމެ ފަހުން ރުއީ "ޖައްގާ ޖާސޫސް"ރިލީޒް ވި ދުވަހު: ރަންބީރު

ރަންބީރު ކަޕޫރު މިހާރު ތައްޔާރުވަމުންދަނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅުނު ފިލްމު ރިލީޒް ކުރުމަށެވެ. އޭގެ ފަހުން އޭނާ ކުޅެން ހަމަޖެހިފައިވަނީ އަމީތާބު ބައްޗަން އާއި އާލިއާ ބަޓާ އެކު އުޅޭ ފިލްމެކެވެ.

ރަންބީރު މިހާރު ސޯޝަލް މީޑިއާގައި ނޫޅުނަސް ދާދި ފަހުން ވަނީ އޭނާ ފޭން ކްލަބެއްގެ ޓުވިޓާ އެކައުންޓަކުން ފޭނުންނާ ވަރަށް ގިނައިރު ވާހަކަ ދައްކައި އެ މީހުން ކުރި ސުވާލުތަކަށް ޖަވާބު ދީފަ އެވެ.

އެންމެ ފަހުން ރުއީ ކޮން ދުވަހަކުތޯ ފޭނަކު ކުރި ސުވާލުގެ ޖަވާބުގައި ރަންބީރު ބުނީ "ޖައްގާ ޖާސޫސް" ރިލީޒް ކުރި ދުވަހު ކަމަށެވެ.

އެ ފިލްމަށް ލިބުނު ނާކާމިޔާބުން ރަންބީރު ދެރަވާނެ ވަރު ކޮންމެ މީހަކަށް ވެސް އަންދާޒާ ކޮށްލެވޭނެ އެވެ. ފިލްމު ކޯ-ޕްރޮޑިއުސް ކޮށްފައިވަނީ ވެސް ރަންބީރު ކަމުން ފައިސާގެ ގޮތުން އޭނާއަށް ވަރަށް ބޮޑު ގެއްލުމެއް މި ފިލްމުން ލިބުނެވެ.

ކައިވެންޏާ ބެހޭ ގޮތުން ފޭނަކު ކުރި ސުވާލަކަށް ވެސް ރަންބީރު ޖަވާބު ދިނެވެ. އޭނާ ބުނީ ކައިވެންޏެއް ކުރެވޭނީ އަންހެންކުއްޖަކު ހޯދައިގެން ކަމަށާއި އެފަދަ އަންހެނަކު އަދި ނުލިބޭ ކަމަށެވެ.

އަނުޝްކާ ޝަރުމާއާ އެކު "ބޮމްބޭ ވެލްވެޓް" އާއި "އޭ ދިލް ހެ މުޝްކިލް" ކުޅެ އަދި މިހާރު ސަންޖޭ ދަތުގެ ހަޔާތާ ބެހޭ ފިލްމުގައި ރަންބީރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވަރަށް ގިނަ ސުވާލުތަކަށް ރަންބީރު ޖަވާބު ދިން އިރު ހުރިހާ ޖަވާބެއްގައި ވެސް ހުރީ ސަމާސާ ގޮތްތަކެކެވެ.