21 ޑިސެމްބަރ 2017 - 15:11

މިއީ އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ ދުވަސްވަރަށް ވުމުން، އަރިދަފުސް ރޯގާ އަދި ގައިންގަޔަށް އަރާ ބަލިތައް އިތުރުވުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސް ކޮށްފި އެވެ.
އެޗްޕީއޭ އިން ނެރުނު ނޫސް ބަޔާނުގައި ބުނީ އުމްރާގެ އަޅުކަމުގެ އިތުރުން ސްކޫލު ދުވަސް ވަރަށް ވުމުން ދަތުރުފަތުރު ކުރުމާއި ގޭގެ އަށް ޒިޔާރަތް ކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރާނެ ކަމަށެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ރޯގާ އާއި ގައިންގަޔަށް އަރާ ބަލިތައް އިތުރުވެގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
"ގިނަ އަދަދެއްގެ ބަޔަކު އުމްރާވުމަށް ގޮސް އެނބުރި އަންނަ ދުވަސްވަރަކަށް ވާތީ އަރިދަފުސް ރޯގާ އަދި މި ނޫން ވެސް އެހެނިހެން ގައިގަޔަށް އަރާ ބަލިތައް އިތުރުވެގެން ދިއުމުގެ ފުރުސަތު ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑުވެގެން ދާނެ ކަމަށް ލަފާ ކުރެވޭތީ ހާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ،" ބަޔާނުގައި ބުންޏެވެ.
- ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން
- ކުނިވާ ޒާތުގެ ކާނާ އާއި އެހެނިހެން ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން
- އަމިއްލަ ގެ ނޫން ތަންތަނުން ކައިބޮއި އުޅުމުގައި އެ ތަންތަނުގެ ސާފުތާހިރުކަން ހުރި ނެތް ގޮތް ބެލުންް
- ގޭގައި ކާބޯތަކެތި ތައްޔާރު ކުރުުމުގައި ވެސް ސާފުތާހިރު ކަމަށް އަހައްމިއްޔަތުކަން ދިނުން