ފިލްމް އެވޯޑްސް: ފޫހިކަން ބޮޑު، ވަނދު ހަފުލާއެއް!
ފިލްމް އެވޯޑްސް: ފޫހިކަން ބޮޑު، ވަނދު ހަފުލާއެއް!

އޮލިމްޕަހުގައި ރޭ ބޭއްވި ދިވެހި ފިލްމު އެެވޯޑްސް ހަފުލާ ގިނަ ބަޔަކު ފާހަގަކުރާނީ ފޫހި އަދި އެހާމެ ވަނދު އަދި ދިގުދެމިގެން ދިޔަ އިވެންޓެއްގެ ގޮތުގަ އެވެ. މުނިފޫހިފިލުވުމުގެ މިކަހަލަ ބޮޑެތި ޝޯތައް ކުރިއަށް ގެންދަން ޖެހެނީ އޯޑިއަންސާ ވަރަށް ބޮޑަށް ގުޅިގެން ކަމަށް ވިޔަސް މިފަހަރު ވެސް ފެނުނީ އެ އުނިކަމެވެ.

ފިލްމް އެވޯޑްސް: ފޫހިކަން ބޮޑު، ވަނދު ހަފުލާއެއް!
ފިލްމް އެވޯޑްސް: ފޫހިކަން ބޮޑު، ވަނދު ހަފުލާއެއް!

ޝޯ ހުށަހަޅައިދިން އަހުމަދު ވަހީދު (ވައްޑެ) އާއި މަރިޔަމް ވަހީދާ (މަރީ) ގެ ފަރާތުން މޮޅުކަމެއް ނުފެނުނެވެ. ބައެއް މީހުން ފާހަގަކުރި ގޮތުގައި ވައްޑެގެ ވާހަކަތައް މާ ދިގީ އެވެ. އަނެއް ބައެއްގެ ނަޒަރުގައި މަރީގެ ކިބާގައި، ފިލްމު އެވޯޑްސް ހަފުލާއެއް ހުށަހެޅޭ ވަރަށް އެކަމުގެ މައުލޫމާތެއް ނެތެވެ.

ފިލްމް އެވޯޑްސް: ފޫހިކަން ބޮޑު، ވަނދު ހަފުލާއެއް!
ފިލްމް އެވޯޑްސް: ފޫހިކަން ބޮޑު، ވަނދު ހަފުލާއެއް!

ދެ ހޯސްޓުންގެ ދެމެދުގައި އޮންނަ ގުޅުން ކުޑަވުމުގެ ސަބަބުން ދިމާވި މައްސަލަތައް ވެސް މަދެއް ނޫނެވެ. އެގޮތުން އެކަކު ބުނާ އެއްޗަކާއި އަނެކަކު "ވިއްދާ ކަހަލަ ގޮތަކަށް" ވާހަކަ ގެންދިއުމުން ވެސް ފޫހިކަން ބޮޑުވި އެވެ.

ފިލްމް އެވޯޑްސް: ފޫހިކަން ބޮޑު، ވަނދު ހަފުލާއެއް!
ފިލްމް އެވޯޑްސް: ފޫހިކަން ބޮޑު، ވަނދު ހަފުލާއެއް!

ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ އެންސީއޭ އިން އިންތިޒާމްކޮށްގެން ބާއްވާ ފިލްމު އެވޯޑްސް މިހާރު ފެންނަނީ ސިޔާސީ މީހުން ގިނަކުރާ ހަފުލާއެއްގެ ގޮތުގަ އެވެ. އެވޯޑްތައް ދެނީ ވެސް އެ މީހުންނެވެ. އެހެންކަމުން މުނިފޫހިފިލުވުމުގެ ދާއިރާގެ މިފަދަ ބޮޑު ކަމެއްގެ ސްޓޭޖް މަތިންނާއި ހޯލު ތެރެއިން ފިލްމީ ދާއިރާއާ ގުޅުމެއް ނެތް ސިޔާސީ މީހުން ގިނަވުމުން ވެސް ހިތްހަމަނުޖެހުނު ބެލުންތެރިން މަދެއް ނުވާނެ އެވެ.

ފިލްމް އެވޯޑްސް: ފޫހިކަން ބޮޑު، ވަނދު ހަފުލާއެއް!
ފިލްމް އެވޯޑްސް: ފޫހިކަން ބޮޑު، ވަނދު ހަފުލާއެއް!

ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ ދިގު ބަޔާނަކީ ވެސް އެފަދަ ހަފުލާއަކާ ގުޅޭ އަދި ގުޅުވޭނެ ކަމެއް ވެސް ނޫނެވެ. މިއީ ސިޔާސީ ކަންކަމާ ދުރުވެ، މުނިފޫހިފިލުވުމުގެ ރޫހެއްގައި އާންމުން ބަލަން ތިބޭ ޝޯއަކަށް ވާތީ އޭގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމުން އަަސްލު ހަފުލާގެ ރަހަ ބަދަލުވަނީ އެވެ. މުނިފޫހިފިލުވުމުގެ ދާއިރާ އަށް ސަރުކާރުން އެހީތެރިވެ އެވެ. ކަންކަން ކޮށްދެވޭތޯ ވެސް ބަލަ އެވެ. އެކަމަކު ފިލްމު އެވޯޑްސް ޝޯއަކީ މުޅިން އެހެން އިހުސާސްތަކެއް އެކުލެވޭ އެއްޗެކެވެ.

ގިނަ އެވޯޑްތައް ލިބުނު ފަންނާނުންގެ ބަދަލުގައި އެހެން ބަޔަކު އެވޯޑާ ހަވާލުވުމަކީ ވެސް ކުޑަ ފޫހިކަމެއް ނޫނެވެ. ހަފުލާގެ ކުރިން ވެސް ބައެއް ފަންނާނުން ވަނީ ނޮމިނޭޝަންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަމަކު އެވޯޑް ޝޯއަށް ގިނަ ފަންނާނުންތަކެއް ނުދިޔައީ އެހެންވެގެން ކަމެއް ނުވަތަ ދައުވަތު ނުލިބިގެން ކަމެއް ނޫން ނަމަ ދައުވަތު ރައްދުނުކުރެވިގެން ކަމެއް ނޭނގެ އެވެ.

ހަފުލާގައި ފެނުނު އުނި އެންމެ ބޮޑު އަނެއް ކަމަކީ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރަނގަޅު ނުވުމެވެ. އެއިން އައިޓަމެއް ގެނެސްދޭ ކޮންމެ ދަނޑިވަޅެއްގައި އެކަމަށް އެތައް ވަގުތެއް ނެގުމެވެ. އެއީ އިންތިޒާމްތަކާއި ތައްޔާރުވުންތަކުގައި މައްސަލަ ހުރި ކަމުގެ ހެއްކެކެވެ.

ހާޒިރުވި ފިލްމީ ފަންނާނުން ތިބީ ޗާލުކޮށް ހެދިފަ އެވެ. ރީތި ހެދުންތަކާ އެކުގަ އެވެ. އެކަމަކު އެވަރަކުން ހަފުލާ އަދި ފުރިހަމައެއް ނުވެ އެވެ.

ދެން އަންނަ އެވޯޑް ހަފުލާއަކަށް އިންތިޒާރުކޮށްލަމާ ހިނގާށެވެ.