19 ޑިސެމްބަރ 2017 - 20:47

ކޮންމެ ދިހަ ދުވަހަކުން އައިފޯން 8 އެއް އަދި ކޮންމެ މަހަކު ރާއްޖެއިން ބޭރަށް ޗުއްޓީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫ އިން ފަށައިފި އެވެ.
"ވޯލްޑް ޓުއާ އެސްއެމްއެސް ޕްރޮމޯޝަން"ގެ ނަމުގައި ފެށި މި ޕްރޮމޯޝަން މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
އުރީދޫ އިން ބުނީ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށެވެ. އެގޮތުން އާއްމު މައުލޫމާތާއި، ޓެކްނޮލޮޖީ އަދި ދަތުރުފަތުރުގެ އިތުރުން ލައިފްސްޓައިލާ ގުޅޭ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނެ އެވެ. ރަނގަޅު ޖަވާބު ދޭ ކޮންމެ ފަހަރަކު 300 ޕޮއިންޓް ލިބޭނެ އެވެ. އަދި ޖަވާބު ރަނގަޅު ނުކުރެވުނަސް، ޖަވާބުދޭ ކޮންމެ ސުވާލަކަށް 100 ޕޮއިންޓް ލިބޭނެ އެވެ.
އުރީދޫ އިން ބުނީ އައިފޯން 8 ލިބޭނީ ކޮންމެ ދިހަ ދުވަހަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ކަމަށެވެ. އަދި ޗުއްޓީ ދަތުރު ލިބޭނީ ކޮންމެ މަހެއް ނިމުމުން، އެ މަހެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ފަރާތަކަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 555 އަށް ‘GO’ ޖެހުމަށް ފަހު އެސްއެމްއެސް އެއް ފޮނުވުމުންނެވެ.