19 ޑިސެމްބަރ 2017 - 10:35

ސެންޓު ވިއްކާ މަޝްހޫރު ލެ ޕާފިއުމުން ޚާއްސަ އިނާމްތަކާއެކު ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ފިހާރައިން ބުނީ އަހަރީ ޕްރޮމޯޝަންގެ ގޮތުގައި މިދިޔަ މަހުގެ 15 ން އަންނަ މަހުގެ 15 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި 30 ޕަސެންޓާ ހަމައަށް ބައެއް ބާވަތްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
އަގު ބޮޑު އިނާމުތަކެއް ކަނޑައަޅާފައިވާ މި ޕްރޮމޯޝަންގައި އެއްވަނަ އަށް ހޮވޭ މީހަކަށް، ދެ މީހެއްގެ ބެންކޮކް ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެވަނަ އިނާމެއްގެ ގޮތުގައި ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި ދެ މީހަކަށް ދެ ރޭ ހުރުމުގެ ޚަރަދު ދޭއިރު ތިންވަނަ އިނާމަކީ 10 މީހަކަށް މޫވެންޕިކް އައިސްކްރީމް އިން ދޭ 500ރ. ގެ ވައުޗަރެކެވެ.
ލެ ޕާފިއުމުން ބުނިގޮތުގައި ޕްރޮމޯޝަން ކުރިއަށް ގެންދާއިރު، އާ ބްރޭންޑްތަކުގެ ސެންޓު ވެސް ވަނީ ވިއްކަން ފަށައިފަ އެވެ.