އިތުރު ތަމްރީނު ހޯދުމަށް 106 ނަރުހަކު އިންޑިޔާއަށް
އިތުރު ތަމްރީނު ހޯދުމަށް 106 ނަރުހަކު އިންޑިޔާއަށް

އިތުރު ތަމްރީނު ހޯދުމަށް 106 ނަރުހަކު މާދަމާ އިންޑިއާ އަށް ފުރަން ތައްޔާރުވެއްޖެ އެވެ.

އިތުރު ތަމްރީނު ހޯދުމަށް 106 ނަރުހަކު އިންޑިޔާއަށް
އިތުރު ތަމްރީނު ހޯދުމަށް 106 ނަރުހަކު އިންޑިޔާއަށް

ނާސިން ޑިޕްލޮމާ ހަދަމުން އަންނަ ނަރުހުން އިތުރު ތަމްރީން ހޯދުމަށް އިންޑިއާ އަށް މިދަނީ 500 ނަރުހުން ތަމްރީނު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމުގެ ދަށުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި 106 ނަރުހުން ދެ މަސް ދުވަހުގެ ތަމްރީނު ހަދާނީ އިންޑިއާގެ ޓްރިވެންޑްރަމްގެ އެސްޔޫޓީ ހޮސްޕިޓަލްގައި ކަމަށެވެ.

މި ތަމްރީނު ހަދަން އިންޑިޔާއަށް ފުރާ ދަރިވަރުންނާ ބައްދަލުކުރަން ޓިވެޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ބޭރަށް ކިޔަވަން ގޮސް އުޅޭއިރު ތަފާތު ތަޖުރިބާތައް ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ކަންތައްތަކާ ކެރިގެން ކުރިމަތިލައި ހިތްވަރާއެކު ކިޔަވަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ތަމްރީނު ހަދަން އިންޑިޔާއަށް ދިޔަ ފުރަތަމަ ބެޗުގެ ދަރިވަރުންނާ ބެހޭގޮތުން ވެސް ވަރަށް ރަނގަޅު ފީޑްބެކެއް ލިބިފައިވާ ކަމަށާއި އެހެން ކަމުން މާދަމާ ފުރާ ދަރިވަރުން ވެސް ކިޔެވުމާއި މަސައްކަތުގައި ނަމޫނާ ދެއްކުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

އާއިޝަތު ޝިހާމް ވިދާޅުވި ގޮތުގައި ނަރުހުން ތަމްރީން ކުރުމުގެ ޕްރޮގްރާމު ފެށިއިރު ދިމާވި އެންމެ ބޮޑު މައްސަލައަކީ ސިއްހީ ޚިދުމަތް ދޭ ތަންތަނުގައި ދިވެހި ނަރުހުން ނެތުން ކަމަށެވެ. ނަމަވެސް އެ ޕްރޮގްރާމުގެ ސަބަބުން އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ފަސް ސަތޭކަ ނަރުހުންގެ ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ލިބޭނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސެޓްފިކެޓެކެވެ. ނަަމަވެސް އެ ކޯސް ހިންގަނީ ޓިވެޓުންނެވެ.

ނަރުހުން ތަމްރީނު ކުރުމުގެ ކޯސް ޓިވެޓުން ކުރިއަށް ގެންދަނީ، ވަޒީފާގައި އުޅެމުން ވެސް ބައިވެރިވެވޭ ގޮތަށެވެ.