އުރީދޫ އެޕްއެންގޭމް ޕެކް، މުޅިން އާ ތިން ޑޭޓާ ޕެކޭޖާ އެކު
އުރީދޫ އެޕްއެންގޭމް ޕެކް، މުޅިން އާ ތިން ޑޭޓާ ޕެކޭޖާ އެކު

"އެޕްއެންގޭމް ޕެކް"ގެ ނަމުގައި އުރީދޫން މުޅިންއާ ތިން ޑޭޓާ ޕެކް ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ އާ ޕެކޭޖާ އެކު، އިންޓަނެޓް ބޭނުން ކުރުމަށާއި މަގުބޫލު މޯބައިލް އެޕްތައް ބޭނުން ކުރުމަށް ވަކި ޑޭޓާ އެލަވަންސެއް ކަނޑައެޅިގެން ދާނެ ކަމަށެވެ. އަދި މިއީ ވަރަށް އެކަށޭނަ އަގުތަކެއްގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރި ޕެކޭޖުތަކެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެޕްއެންގޭމް ޕެކްގެ ދަށުން ލިބޭ ވަކި ޑޭޓާ އެލަވަންސުން ބޭނުން ކުރެވޭ އެޕްތަކުގެ ތެރޭގައި، ސްނެޕްޗެޓް، ސައުންޑްކްލައުޑް، ކްލޭޝް އޮފް ކްލޭންސް، އަދި އައިއެމްއޯ ފަދަ ސްމާޓްފޯން ބޭނުންކުރާ މީހުންގެ މެދުގައި މަގުބޫލު އެޕްތައް ހިމެނެ އެވެ.

- 159ރ. އަށް 1.5 ޖީބީ: އެޕްތައް ބޭނުން ކުރުމަށް 711 އެމްބީ އަދި އުރީދޫ ނަމްބަރުތަކަށް ގުޅުމަށް 50 މިނެޓް.

- 259ރ. އަށް ހަތަރު ޖީބީ: އެޕްތައް ބޭނުން ކުރުމަށް އެއް ޖީބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުމަށް 150 މިނެޓް.

- 359ރ. އަށް އަށް ޖީބީ: އެޕްތައް ބޭނުން ކުރުމަށް ދެ ޖީބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުމަށް 250 މިނެޓް.

މި ޕެކޭޖުތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ނެގިދާނެ އެވެ. އުރީދޫން ބުނީ އެޕްއެންގޭމް ޕެކްތަކުގެ ކޮންމެ ޕެކެއް ވެސް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެ ކަމަށެވެ.

އާ ޕެކޭޖުތައް އެކްޓިވޭޓް ކުރެވޭނީ *929*2# އަށް ޑަޔަލް ކުރުމުންނެވެ.