އިންޑިއާ މީހެއްގެ ސިފަތަކެއް ނޫން، އެހެންވެ ޑީއެންއޭ ޓެސްޓަކަށް!
އިންޑިއާ މީހެއްގެ ސިފަތަކެއް ނޫން، އެހެންވެ ޑީއެންއޭ ޓެސްޓަކަށް!

ޕޫޖާ ގަނަތުރާ އަކީ އިންޑިޔާގެ ދެމަފިރިއަކަށް ލިބުނު ކުއްޖެކެވެ. ނަމަވެސް އޭނާ ވައްތަރީ އިނގިރޭސިވިލާތުގެ ދޮން މީހަކާ އެވެ. ޕޫޖާގެ އިސްތަށިގަނޑު ރަތެވެ. މިއީ އާއްމުކޮށް ޔޫރަޕްގެ އިރުމަތީ ނުވަތަ ދެކުނު ހިސާބުގަނޑުގެ މީހުންގެ ސިފައެކެވެ. އެ ކުލައިގެ އިސްތަށިގަނޑު ލިބިފައި ވަނީ ދުނިޔޭގެ އާބާދީގެ 1-2 ޕަސެންޓް މީހުންނަށެވެ.

އިންޑިއާ މީހެއްގެ ސިފަތަކެއް ނޫން، އެހެންވެ ޑީއެންއޭ ޓެސްޓަކަށް!
އިންޑިއާ މީހެއްގެ ސިފަތަކެއް ނޫން، އެހެންވެ ޑީއެންއޭ ޓެސްޓަކަށް!

އިސްތަށިގަނޑު އެކަންޏެއް ނޫނެވެ. ޕޫޖާގެ ލޮލުގައި ހުންނަނީ އެމެރަލްޑް ގްރީން ކުލަ އެވެ. ހަންގަނޑު ވެސް ހުދެވެ. އޭނާގެ ކާބަފައިންނަކީ ކޮބައިކަން ދެނެގަންނަން ޑީއެންއޭ ހަދަން ޕޫޖާ އެހާ ބޮޑަށް ޝައުގުވެރިވީ އާއިލާގެ އެއްވެސް މީހެއްގެ ކިބާގައި އެ ސިފަތައް ނެތީމަ އެވެ.

މުމްބައި އަށް އުފަން 24 އަހަރުގެ ޕޫޖާ އަށް ސްކޫލް ދައުރުއްސުރެ ބުލީކުރުމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނީ އޭނާގެ ސޫރަ އިންޑިޔާ މީހުންނާ ތަފާތު ކަމުންނެވެ.

އަންނައުނު އުފައްދާ ވިއްކުމުގެ އަމިއްލަ ވިޔަފާރިއެއް ކުރާ ޕޫޖާ ބުނި ގޮތުގައި އޭނާ އުފަންވީއިރު އާއިލާގައި އޭނާއާ ކުޑަކޮށް ވެސް ވައްތަރު މީހަކު ނެތެވެ. އާއިލާގެ އެންމެންގެ ހަންގަނޑު، އިންޑިއާގެ ގިނަ މީހުންނެކޭ އެއްގޮތަށް، މުށި ކުލަ އެވެ. ކަޅު އިސްތަށިގަނޑެވެ. ލޮލުގެ ކަަޅި ވެސް މުށި ކުލަ އެވެ.

"އަހަރެމެންގެ އަވަށްޓެރިން ވެސް އަހަރެންގެ ސިފަޔާ ބެހޭ ގޮތުން ވަރަށް ޝައުގުވެރިވޭ. އަދި އަހަރެންގެ ސިފަ އެހާ ބޮޑަށް ތަފާތީ ކީއްވެތޯ އަބަދު ސުވާލު ކުރޭ،" ޕޫޖާ ބުންޏެވެ.

ޕޫޖާގެ އުމުރުން ތިން އަހަރުގައި އޭނާގެ ގައިގައި ފްރެކްލްސްތަކެއް ނެގި އެވެ. ލައްތަކެއް ހުންނަ މި އެއްޗެހިތައް ދޮން ހަންގަނޑެއްގައި ނެގުމުން އާއިލާގެ މީހުން ހީކުރީ ބޮޑު ބައްޔެއް ޖެހުނީ ކަމަށެވެ. އެހެންވެ އަވަހަށް ޑޮކްޓަރަށް ދައްކަން ދިޔަ އެވެ.

އޮޓޯ ރިކްޝާއަކަށް އެރިޔަސް އޭނާ އަކީ ބޭރު މީހެއް ކަމަށް ހިތާ ޑްރައިވަރުން އިތުރަށް ފައިސާ ނަގަން އުޅެ އެވެ. އެމެރިކާއަށް ދިއުމުން އިމިގްރޭޝަނުން ވެސް އޭނާއާ ވަރަށް ސުވާލުކުރާ ކަމަށް ޕޫޖާ ބުންޏެވެ.

އޭނާ މިހާރު ބޭނުންވަނީ ޑީއެންއޭ ޓެސްޓް ހަދާށެވެ. އޭނާއަށް އެ ސިފަތައް ލިބުނު ގޮތުގެ ކޮންމެވެސް ވަރެއްގެ ހެކިތަކެއް އޭރުން އެނގިދާނެ އެވެ.