މަލިކާ ޕެރިހުގެ އެޕާޓްމަންޓަކުން ނެރުނު ވާހަކަ ދޮގުކޮށްފި
މަލިކާ ޕެރިހުގެ އެޕާޓްމަންޓަކުން ނެރުނު ވާހަކަ ދޮގުކޮށްފި

ބޮލީވުޑް ބަތަލާ މަލިކާ ޝިރާވަތު ފްރާންސްގެ ޕެރިހުގައި ދިރިއުޅޭ އަގުބޮޑު އެޕާޓްމަންޓްގެ ކުލި ނުދައްކާތީ އެތަނުން ނެރެލިކަމަށް މީޑިއާތަކުން ފެތުރި ހަބަރު މަލިކާ ދޮގުކޮށްފި އެވެ.

މަލިކާ ކުރި ޓުވީޓެއްގައި ބުނީ ބައެއް މީޑިއާތަކުން ހީކުރަނީ ޕެރިހުގައި އޭނާގެ އެޕާޓްމަންޓެއް ހުންނަ ކަމަށް ކަމަށެވެ. އެކަމަކު އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް އޭނާ ބުންޏެވެ.

ފްރާންސްގެ މީޑިއާއިން ބުނެފައިވަނީ މަލިކާ އާއި އޭނާގެ ލޯބިވެރިޔާ ސިރިލް އޮކްސެންފޭންސް ޕެރިހުގައި ދިރިއުޅޭ އެޕާޓްމަންޓްގެ ވެރިމީހާއަށް 80،000 ޔޫރޯ ދައްކަން ޖެހިފައިވާ ކަމަށެވެ. އެޕާޓްމަންޓްގެ ކުލި ނުދައްކާ އޮތީ މަލިކާ އާއި އޭނާގެ ލޯބިވެރިޔާ އެތަނަށް ވަންނަން ދަނިކޮށް އެއް ރެއަކު ބަޔަކު އެމީހުން ހިފަހައްޓާ ގަދަކަމުން ފައިސާ އާއި އަގުބޮޑު ބައެއް އެއްޗެތި ފޭރިގަނެފައިވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފްރާންސްޓީވީއިންފޯ އަށް މަލިކާގެ ގާނޫނީ ވަކީލު ބުނެފައިވަނީ އެޕާޓްމަންޓަށް ކުއްލި ނުދައްކާ އެހާ ގިނަ ދުވަސްތަކެއް ވީ އެމީހުންގެ އަތުން ފޭރުމުން އެކަމާ އައި ރުޅީގައި ކަމަށެވެ.

މަލިކާ އަތުން ފައިސާ އާއި އަގުބޮޑު އެއްޗެހިތަކެއް ފޭރިގަން ވާހަކަ ތަންކޮޅެއް ކުރިން ވެސް ފެތުރުނެވެ.

މަލިކާ އެންމެ ފަހުން ކުޅުނީ 2016 ގައި ނުކުތް ހޮލީވުޑް ފިލްމު "ޓައިމް ރެއިޑާޒް" އެވެ.