ކުޅުދުއްފުށީ މިސްކިތަކަށް ހޮނު އަޅައި ގެއްލުން ވެއްޖެ
ކުޅުދުއްފުށީ މިސްކިތަކަށް ހޮނު އަޅައި ގެއްލުން ވެއްޖެ

ހދ. ކުޅުދުއްފުއްޓަށް މިއަދު ހަވީރު ކުރި ވިއްސާރާގައި ހޮނުއަޅައި، އެ ރަށުގެ ހުކުރު މިސްކިތަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ އެވެ.

ކުޅުދުއްފުށީ މިސްކިތަކަށް ހޮނު އަޅައި ގެއްލުން ވެއްޖެ
ކުޅުދުއްފުށީ މިސްކިތަކަށް ހޮނު އަޅައި ގެއްލުން ވެއްޖެ

ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވީ އާދަޔާ ޚިލާފު ބާރު ގުގުރިއަކާއެކު، މިސްކިތުގެ ކަރަންޓް ސަމާނުތައް ހަލާކުވެ، ވަޅުލާފައިވާ ކޭބަލްތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވި ކަމަށެވެ. އަދި ވަޅުލާފައިވާ ކޭބަލެއް ގޮވައި މިސްކިތުގެ މުށިގަނޑެއް ނެއްޓި މުދިމުގެ މޫނު ޒަޚަމް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ މިސްކިތަކަށް ހޮނު އަޅައި ގެއްލުން ވެއްޖެ
ކުޅުދުއްފުށީ މިސްކިތަކަށް ހޮނު އަޅައި ގެއްލުން ވެއްޖެ

"މިއިން ދުވަހަކު ވެސް ނީވޭ ބާރު ގުރިގުރިއެއް އަޑުއިވުނު. ގުގުރިއާއެކު މިސްކިތުގައި ބޭނުންކުރާ ވަރަށް ގިނަ އިލެކްޓްރިކް ސާމާނު ވަނީ ހަލާކުވެފައި. ބައެއް ފަންކާގެ ފިޔަތައް ވެސް ބުރައިގެން ދިޔަ. އެ ހާދިސާ ހިނގި ކަމަށް ވަނީ އެ ވަގުތު މިސްކިތުގައި ނަމާދުކޮށް ސުންނަތް ކުރަން ތިއްބާ،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދު ހަވީރު 5:30 ހާއިރުން ފެށިގެން ބޯކޮށް ވާރޭވެހި ރަށުގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.

"މިރޭ ގުގުރުމާއެކު ކުރި ވިއްސާރާގައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުނު. ނަމަވެސް އިތުރު ތަނަކަށް ގެއްލުން ލިބުނު ކަމެއް އަދި ސާފެއް ނުވޭ،" ލަތީފް ވިދާޅުވި އެވެ.