14 ޑިސެމްބަރ 2017 - 12:47

އެލައިޑް އިންޝުއަރެންސުން އައްޑޫގައި ހިންގަމުން އަންނަ އޮފީސް، އެ ސިޓީގެ މައި މަގު ކަމަށްވާ ލިންކްރޯޑަށް ބަދަލުކޮށްފި އެވެ.
ފުޅާ ދާއިރާއެއްގައި އިންޝުއަރެންސް ހިދުމަތް ދެމުން އަންނަ ކުންފުނިން ބުނީ، އައްޑޫގެ އޮފީސް ބަދަލުކުރީ ހިތަދޫ ލިންކް ރޯޑުގައި ހުންނަ ބީއެމްއެލް އޮފީހާ އިންވެގެން ހުންނަ އަދާރާ ގެއަށް ކަމަށެވެ. އަދި މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އާ އޮފީހުގައި ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.
އެލައިޑުން ބުނީ އާ އިމާރާތަކަށް އައްޑޫ އޮފީސް ބަދަލުކުރީ ހިދުމަތް ހޯދަން އަންނަ މީހުންނަށް ވީހާ ވެސް ފަސޭހަ ތަނަކަށް ބަދަލުކުރުމުގެ ގޮތުން ކަަމަށެވެ. މާލޭން ލިބޭ ހުރިހާ ހިދުމަތްތަކެއް ވެސް އެ އޮފީހުން ލިބޭނެ އެވެ.
ކުުރިން އެލައިޑް އޮފީސް ހިންގީ ހިތަދޫ ނިއުސާން ގޯޅީގައި ހުންނަ އަނޫޝް ގޭގަ އެވެ.
އެލައިޑަކީ ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ބޮޑު އިންޝުއަރެންސް ކުންފުންޏެވެ. އެ ކުންފުނީގެ އިންޝުއަރެންސްގެ ޖުމްލަ އަގު 120 މިލިއަން ޑޮލަރަށް (1.9 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.