15 ޑިސެމްބަރ 2017 - 07:34

ޝިލްޕާ ޝެޓީ އާއި ގޯވިންދާ ފަދަ ތަރިން މިހާރު ވެސް ގެންދަނީ ރެސްޓޯރަންޓްތަކުގެ ވިޔަފާރިކުރަމުންނެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވީ ޖެކްލީން ފެނާންޑިސް އެވެ.

"ޖުޅްވާ 2"ގެ ބަތަލާ ޖެކްލީންގެ ފުރަތަމަ ރެސްޓޯރަންޓް ހުޅުވީ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ފަސް ތަރި ހޮޓަލެއް ކަމަށް ޝަންގްރި-ލާ ހޮޓަލުގަ އެވެ. މި ހޮޓަލަކަށް ކިޔަނީ ކައެމަ ސުތުރަ އެވެ.
ޖެކްލީންގެ ރެސްޓޯރެންޓްގެ މެނޫ ތައްޔާރުކުރީ އޭނާ އާއި ސްރީ ލަންކާގެ ސެލެބްރިޓީ ޝެފް ދަރްޝަން މުނީދާސާ ގުޅިގެންނެވެ. މުނިދާސާ އަކީ ވަރަށް މަޝްހޫރު ޝެފެކެވެ. އޭނާގެ ނިހޮންބާޝީ އާއި ދަ މިނިސްޓްރީ އޮފް ކްރޭބް ވަނީ އޭޝިއާގެ އެންމެ ރަނގަޅު 50 ރެސްޓޯރަންޓްގެ ތެރޭގައި ހިމެނިފަ އެވެ.
ޖެކްލީންގެ ރެސްޓޯރަންޓް ހުޅުވީ ޝަންގްރީ-ލާ ކޮލަމްބޯގެ ވެސް ހުޅުވުމާ ދިމާކޮށެވެ. މެންދުރުން ފެށިގެން ރޭގަނޑުގެ ކެއުން ނިމެންދެން މި ރެސްޓޯރަންޓް ހުޅުވާފައި ހުރެ އެވެ.
ރެސްޓޯރަންޓްގެ މެނޫގައި ސްރީ ލަންކާގެ އެންމެ މީރު ކެއުންތަކާއި ދުނިޔެއަށް މަޝްހޫރު ބައެއް ކެއުންތައް ހިމެނެ އެވެ. ބަނާނާ ލީފް ބަރަމުންދީ އިން ފެށިގެން ތަފާތު ވައްތަރުގެ ސަމްބޯލް އާއި އެކި ވައްތަރުގެ ބުއިންތައް ވެސް މެނޫގައި ހިމެނެ އެވެ.
އިންޑިޔާގެ މުމްބާއީގައި ވެސް ރެސްޓޯރަންޓެއް ހުޅުވަން ޖެކްލިން މަސައްކަތް ކުރަމުން އަންނަ ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް މިކަން އަދި މާ ބޮޑަކަށް ކުރިޔަކަށް ނުދެ އެވެ.
މުނިދާސާ ކަހަލަ މަޝްހޫރު ޝެފަކާ އެކު ޖެކްލީން މި ފެށި ވިޔަފާރި ވަރަށް ރަނގަޅުވާނެކަމަށް ވަރަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.