ފަސޭހައިން ފޮޓޯ ނެގޭ ގަޑިއެއް
ފަސޭހައިން ފޮޓޯ ނެގޭ ގަޑިއެއް

ފިޓްބިޓް އަދި އަތުގައި އަޅާ އެކި ކަހަލަ ސްމާޓްގަޑިތަކުގެ އެހީގައި ފިޓްނަސްގެ ދުނިޔެ އާއި ދިރިއުޅުން ވަރަށް ކުރިއަށް ހިނގައްޖެ އެވެ. ސްމާޓް ކަމަރުގެ ބާޒާރަށް މިހާރު ނުކުންނަން ތައްޔާރުވަނީ ކްލީޕް ކެމެރާއެވެ. މިއީ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުގެ ގާބިލްކަން ލިބިފައިވާ އަތުކުރީ އަޅާ ގަޑިއެކެވެ.

ކަސްރަތުގެ ބޭނުންތައް ވެސް މިއިން ފުއްދައިދެއެވެ. ފިޔަވަޅުގެ އަދަދު ގުނުމާއި ދަތުރުކުރެވުނު ރާސްތާ ދެނެގަތުމާއި އަންދާލެވުނު ކެލަރީގެ މިންވަރު ހޯދޭނެ އެވެ.

އިޓަލީގައި ހެދި ކްލީޕް ކެމެރާ މަސައްކަތްކުރަނީ ސްމާޓް ފޯނާ ނުލައެވެ. ކްލީޕް ކެމެރާ ގަޑި އަޅާފައި އޮންނަ އަތުކުރި، މޭކަށިގަނޑާ ހަމައަށް ހިއްލާލުމަށްފަހު އޭގެ މަތީގައި އޮންނަ ފިތަށް އެއް ފަހަރު ފިތާލުމުން ފޮޓޯއެއް ނެގުނީއެވެ. ދެފަހަރު ފިތާލުމުން ނުވަ ސިކުންތުގެ ވީޑިއޯއެއް ރިކޯޑުކުރެވުނީއެވެ. މަތީ ފިތަށް އޮބާލައިގެން ހުރުމުން ބޭނުން ދިގުމިނަކަށް ވީޑިޔޯ ކުރެވުނީއެވެ. ފޯނާ މަންޒަރު އަމާޒުނުވެގެން ގެއްލިގެން، މުހިންމު ހިދުކޮޅުތައް ގެއްލިގެންދާ މައްސަލަ ހައްލުވީ އެވެ.

ކްލީޕުން ރިކޯޑުކުރާ ހުރިހާ މަންޒަރަކާއި ފޮޓޯތަކެއް އިންޓާނަލް މެމޮރީ ކާޑެއްގައި ރައްކާކުރެވޭނެއެވެ. އަދި ސްމާޓްފޯނަށް މި ފޮޓޯތައް ފޮނުވައިދޭނީ ބްލޫޓޫތުގެ އެހީގައެވެ.