ޒީ-ސިނެ އެވޯޑު ހޯސްޓްކުރާނީ ރޯހިތު ޝެޓީ އާއި ސުނިލް ގްރޯވަރު
ޒީ-ސިނެ އެވޯޑު ހޯސްޓްކުރާނީ ރޯހިތު ޝެޓީ އާއި ސުނިލް ގްރޯވަރު

މި އަހަރުގެ ޒީ ސިނެ އެވޯޑް މި މަހުގެ 19 ގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ. މި އަހަރުގެ ހަފުލާ ހޯސްޓްކޮށްދޭނީ ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި އެކްޓަރު-ކޮމޭޑިއަން ސުނިލް ގްރޯވަރު އެވެ.

ރޯހިތު ބުނި ގޮތުގައި ޑައިރެކްޓްކުރުމުގެ އިތުރުން ޝޯތައް ހޯސްޓް ކުރުމަކީ ވެސް އޭނާ ވަރަށް ކުރާހިތްވާ ކަމެކެވެ. އެގޮތުން މި އަހަރު އޭނާ ޒީ ސިނެ އެވޯޑު 2018 ހޯސްޓްކޮށްދޭން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ. މިއީ ރޯހިތު ޝޯއެއް ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ.

ރޯހިތު އެންމެ ފަހުން އުފެއްދި "ގޯލްމާލް އެގެއިން" އަށް ބޮޑު ތަރުހީބެއް ލިިބި އޭނާއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.

ސުނިލް ވަނީ މީގެ ކުރިން ވަރަށް ގިނަ އެވޯޑް ޝޯތައް ހޯސްޓްކޮށްފަ އެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރު ވެގެން ދިޔައީ ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ"ގައި އަދާކުރި ޑޮކްޓަރު މަޝްހޫރު ގުލާޓީގެ ރޯލުންނެވެ. ނަމަވެސް ކަޕިލް އާއި އޭނާއާ ދެމެދު ޖެހުނު މައްސަލައަކަށް ފަހު ސުނިލް ވަނީ އެ ޝޯ އިން ވަކިވެފަ އެވެ. އަދި މިހާތަނަށް އޭނާ އިތުރު ޝޯއެއް ކުޅެން ފަށާފައެއް ވެސް ނުވެ އެވެ.