13 ޑިސެމްބަރ 2017 - 15:03

ވަރުން ދަވަން އާއި އަނުޝްކާ ޝަރުމާ ފުރަތަމަ ފަހަރަށް އެކުގައި ފިލްމު ކަމަށްވާ "ސުއި ދާގާ" ތައްޔާރީތައް ވަރުން ފަށައިފި އެވެ. ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތް ފެށި ކަމަށް ބުނެ ވަރުން ކުރި ޓްވީޓްގައި އޭނާ އިންނަނީ ފަހާފޮއްޓެއްގެ ކައިރީގަ އެވެ.
"ސުއި ދާގާ"ގެ މާނައަކީ ވެސް ތިނޯހާއި ބަރަންޏެވެ. ބައެއް ރިޕޯޓްތައް ބުނަނީ އޭނާ ފިލްމުގައި ކުޅެނީ މަަސައްކަތު މީހެއްގެ ރޯލު ކަމަށެވެ. ނަމަވެސް މިހާރު ތައްޔާރީތައް ހުރި ގޮތަށް ބަލާއިރު ފިލްމުގައި އޭނާއަކީ ފަހާ މީހެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
"ސުއި ދާގާ" ޑައިރެކްޓްކުރަނީ "ދަމް ލަގާކޭ ހައިޝާ" އާއި "ޝަރަތު ކަޓަރިޔާ" އުފެއްދި މަނީޝް ޝަރުމާ އެވެ.
ފިލްމުގެ ބަތަލާ އަނުޝްކާ މި ހަފުތާގައި ފަހުން ކައިވެނި ކޮށްފައިވާތީ އޭނާ ޗުއްޓީން އެނބުރި އައިސް ފިލްމުގެ މަަސައްކަތް ފަށާނީ ފެބްރުއަރީ މަހު އެވެ. ނަމަވެސް އަނުޝްކާއާ ނުލައި ވަރުން މިވަނީ ފިލްމު ކުޅުމަށް ތައްޔާރީތައް ފަށައިފަ އެވެ.