އަންނަ ހަފުތާގައި މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަންނަވަނީ
އަންނަ ހަފުތާގައި މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަންނަވަނީ

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު އަންނަ ހަފުތާގައި ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މެލޭޝިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މެލޭޝިއާގެ ފޮރިން މިިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބޮޑުވަޒީރު ނަޖީބް ރާއްޖެއަށް ވަޑައިގަންނަވާނީ، އާދީއްތަ ދުވަހު ސްރީ ލަންކާއަށް ވަޑައިގެން އެ ގައުމުގައި ދެ ދުވަސް ހޭދަކުރެއްވުމަށް ފަހުގައި ކަމަށެވެ.

ނަޖީބް ރާއްޖެއަށް ވަޑައިގަންނަވަނީ ކޮން ދުވަހަކު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ބޮޑުވަޒީރު ނަޖީބް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. މިދިޔަ އަހަރުގެ މާޗް މަހު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ އަހަރު ނަޖީބް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2014 ވަނަ އަހަރު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ވެސް ވަނީ ރައީސް ޔާމީންގެ ދައުވަތަކަށް ނަޖީބް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.