ފުވައްމުލަކުގައި ފަސް ސައިކަލް އެކްސިޑެންޓުވެ ބަޔަކަށް އަނިޔާވެއްޖެ
ފުވައްމުލަކުގައި ފަސް ސައިކަލް އެކްސިޑެންޓުވެ ބަޔަކަށް އަނިޔާވެއްޖެ

ފުވައްމުލަކު "މައިލޯ ސްޓޭޑިއަމް" ކައިރީގައި މިރޭ ފަސް ސައިކަލް އެކްސިޑެންޓުވެ ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އެނގިވެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ އެންމެ ކުރީގައި ދުއްވަމުން ދިޔަ ސައިކަލްގެ ކުރިއަށް، ފަހަތުން އައި ސައިކަލެއް އަރަަން އުޅެނިކޮށް އެ ދެ ސައިކަލް ޖެހި ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލްތައް ވެސް ގޮސް ޖެހުމުންނެވެ.

ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު އެކްސިޑެންޓްގައި ސައިކަލްތަކަށް ހުރީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.

އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން އަދި ތަފްސީލް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.