ފަރެސްމާތޮޑާގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި
ފަރެސްމާތޮޑާގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ގދ. ފަރެސްމާތޮޑާގައި ދޭން ފަށައިފި އެވެ.

ފަރެސްމާތޮޑާގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި
ފަރެސްމާތޮޑާގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފައިސާ ނެގުމުގެ އިތުރުން އެ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ވެސް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

"މިއީ ރާއްޖޭގެ ސަރަހައްދުތަކަށް ޚިދުމަތް ފުޅާކޮށް ވީހާވެސް ގިނަ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ ތިން ސަތޭކަ މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ދޭން ފެށުނު ހިދުމަތެއް،" އެ ބޭންކުން ބުންޏެވެ.

ފަރެސްމާތޮޑާގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިރެކްޓަ އޮފް ބީއެމްއެލް އިސްލާމިކް ޒުލްގަރްނައިން ބިން ތަމަން އެވެ.

އެ ރަސްމިއްޔާތުގައި ޒުލްގަރްނައިން ވިދާޅުވީ އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިން އޭޓީއެމް އެއް ފަރެސްމާތޮޑާގައި ގާއިމުކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ދާއިރާއެއްގައި ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމަށް އިތުރުވާ މުހިންމު ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުޅި ރާއްޖެ ޝާމިލުވާގޮތަށް އާންމު ފަރުދުންނަށާއި އާއިލާތަކަށާއި ވިޔަފާރިތަކަށް މި ޕްރޮގްރާމްގެ ފައިދާ މިދަނީ ލިބެމުން. ފަރެސްމާތޮޑާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޒުލްގަރުނައިން ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 32 ސެލްފްސާވިސް ބޭންކިން ސެންޓަ، 91 އޭޓީއެމް، 4900 ޕީއޯއެސް މާޗަންޓުން އަދި 205 ކޭޝް އޭޖެންޓުން ތިބެ އެވެ.