09 ޖުލައި 2016 - 12:28

ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ "ޔޭ ހޭ މުހައްބަތޭން" ގައި އިޝީތާ ބައްލާގެ ރޯލު އަދާކުރި ދިވްޔަންކާ ޓްރިޕާތީ އާއި ހަމަ އެ ޝޯގައި އިންސްޕެކްޓަރެއްގެ ރޯލު އަދާކުރާ ވިވެކް ދާހިޔާ އިއްޔެ ކައިވެނިކޮށްފި އެވެ.
މި ރަސްމިއްޔާތު އޮތީ ދިވްޔަންކާގެ އުފަން ރަށް ބޯޕާލްގަ އެވެ.
ރަތާއި ރަން ކުލައިގެ ކައިވެނީގެ ހެދުގައި ދިވްޔަންކާގެ ރީތިކަން އެތައް ގުނައެއް އިތުރުވެފައިވެ އެވެ.
ކައިވެނީގެ ވަލީމާ އޮންނާނީ މާދަމާ ޗަންދީގަރްގަ އެވެ.
ދިވްޔާ އާއި ވިވެކް ފުރަތަމަ ބައްދަލުވެފައި ވަނީ "ޔޭ ހޭ މުހައްބަތޭން" ގެ ސެޓުންނެވެ. އެއަށްފަހު ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދި ދެފަރާތުގެ އާއިލާ ބައްދަލުކޮށް ކައިވެނީގެ ކަންތައްތައް ހަމަޖެއްސި އެވެ. މި ދެ އެކްޓަރުން ވަނީ މިއަހަރުގެ ޖެނުއަރީ މަހު އެންގޭޖް ވެފަ އެވެ.