13 ޑިސެމްބަރ 2017 - 06:37

އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓު ކޯލީ އާއި ފިލްމީ ބަތަލާ އަނުޝްކާ ޝަރުމާގެ ކައިވެނީގެ ފޮޓޯތައް އެމެރިކާގެ މަޝްހޫރު ފެޝަން މެގަޒިން އަކަށް ވިއްކާލައި އެއިން ލިބޭ ފައިސާ ޗެރިޓީއަކަށް ހަދިޔާކުރަން ނިންމައިފި އެވެ.
އަނުޝްކާ އާއި ވިރާޓު ކައިވެނިކުރީ ހޯމަ ދުވަހު އިޓަލީގެ ޓަސްކަނީގެ ރިސޯޓެއްގަ އެވެ. މި ކައިވެނި އަނުޝްކާ އާއި ވިރާޓު ވަނީ ސޯޝަލް މީޑިއާގައި ރަސްމީކޮށް އެމީހުންގެ އެތައް މިލިއަނުން ފޭނުންނާ ހިއްސާ ކޮށްފަ އެވެ. އަދި ކައިވެނީގެ ރަސްމިއްޔާތުގެ ބައެއް ފޮޓޯތައް ވެސް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އަނުޝްކާ އާއި ވިރާޓުގެ ކައިވެނީގެ ހެދުން ތައްޔާރުކޮށްދީފައި ވަނީ މަޝްހޫރު ފެޝަން ޑިޒައިނަރު ސަބިއަސާޗީ އެވެ.
ކައިވެނީގެ ރަސްމިއްޔާތަށް ފަހު ވަރަށް އަވަހަށް އަނުޝްކާ އާއި ވިރާޓު މުމްބައި އަށް ގޮސް ކައިވެނީގެ ހަފުލާތައް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
ބޮލީވުޑް ތަރިންގެ އަންނަނީ ވިރާޓު އާއި އަނުޝްކާއަށް މަރުހަބާ ކިޔައި ޓުވީޓްތައް ކުރަމުންނެވެ.