ގޯލްޑެން ގްލޯބްގެ ހަތް ނޮމިނޭޝަނާ އެކު "ދަ ޝޭޕް އޮފް ވޯޓާ" ކުރީގައި
ގޯލްޑެން ގްލޯބްގެ ހަތް ނޮމިނޭޝަނާ އެކު "ދަ ޝޭޕް އޮފް ވޯޓާ" ކުރީގައި

އަންނަ މަހު ބާއްވާ 75 ވަނަ ގޯލްޑެން ގްލޯބްސް އެވޯޑްސްގެ ނޮމިނޭޝަންގައި ހަތް ނޮމިނޭޝަނާ އެކު، ޑާކް ފެންޓަސީ ފިލްމް "ދަ ޝޭޕް އޮފް ވޯޓާ" ވަރުގަދަކަން ދައްކާލައިފި އެވެ.

ގޯލްޑެން ގްލޯބްގެ ހަތް ނޮމިނޭޝަނާ އެކު "ދަ ޝޭޕް އޮފް ވޯޓާ" ކުރީގައި
ގޯލްޑެން ގްލޯބްގެ ހަތް ނޮމިނޭޝަނާ އެކު "ދަ ޝޭޕް އޮފް ވޯޓާ" ކުރީގައި

ގިލިމޯ ޓެލް ޓޯރޯ ޑައިރެކްޓްކޮށްފައިވާ ފިލްމަށް ލިބުނު ނޮމިނޭޝަންތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމް، އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު ބަތަލާ، އެންމެ މޮޅު ސަޕޯޓިން އެކްޓަރު، އެންމެ މޮޅު ސަޕޯޓިން ބަތަލާ، އެންމެ މޮޅު ސްކްރީންޕްލޭ އަދި އެންމެ މޮޅު އޮރިޖަނަލް ސްކޯ ހިމެނެ އެވެ.

"ދަ ޝޭޕް އޮފް ވޯޓާ" އާ އެކު އެންމެ މޮޅު މޯޝަން ޕިކްޗާ ޑްރާމާ އަށް ވާދަ ކުރާ ފިލްމްތަކަކީ ޑަންކާކް، ކޯލް މީ ބައި ޔޯ ނޭމް، ދަ ޕޯސްޓް އަދި ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިސޯރީ އެވެ.

އެންމެ މޮޅު މޯޝަން ޕިކްޗާ މިއުޒިކަލް/ކޮމެޑީ އަށް ވާދަ ކުރާ ފިލްމްތަކަކީ ދަ ޑިޒާސްޓާ އާޓިސްޓް، ގެޓް އައުޓް، ދަ ގްރޭޓެސްޓް ޝޯމަން، އައި ޓޯނިއާ އަދި ލޭޑީ ބާޑް އެވެ.

ބެސްޓް ޑައިރެކްޓަރަކަށް "ޝޭޕް އޮފް ވޯޓާ" ގެ ޑައިރެކްޓަރު ގިލިމޯއާ އެކު ވާދަ ކުރަނީ "ޑަންކާކް" އިން ކްރިސްޓޯފާ ނޯލަން، "ދަ ޕޯސްޓް" އިން ސްޓީވެން ސްޕީލްބާގް، "އޯލް ދަ މަނީ އިން ދަ ވޯލްޑް" އިން ރިޑްލީ ސްކޮޓްގެ އިތުރުން "ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިސޯރީ" އިން މާޓިން މެކްޑޮނާ އެވެ.

އެންމެ މޮޅު އެކްޓަރު މޯޝަން ޕިކްޗާ ޑްރާމާ ކެޓަގަރީން ވާދަ ކުރާ އެކްޓަރުންނަކީ "ކޯލް މީ ބައި ޔޯ ނޭމް" އިން ޓިމޮތީ ކެމަލެޓް، "ފެންޓަމް ތުރެޑް" އިން ޑެނިއެލް ޑޭ ލެވިސް، "ދަ ޕޯސްޓް" އިން ޓޮމް ހޭންކްސް، "ޑާކެސްޓާ އަވާ" އިން ގެރީ އޮލްޑްމަން އަދި "ރޯމަން ޖޭ އިޒްރާއީލް އެސްކްއާ" އިން ޑެންޒެލް ވޮޝިންޓަން އެވެ.

މޯޝަން ޕިކްޗާ ޑްރާމާ ކެޓަގަރީން އެންމެ މޮޅު ބަތަލާގެ މަގާމަށް ވާދަ ކުރަނީ "ޝޭފް އޮފް ދަ ވޯޓާ" އިން ސެލީ ހޯކިންސް، "ދަ ޕޯސްޓް" އިން މެރީލް ސްޓްރީޕް، "މޮލީޒް ގޭމް" އިން ޗެސިކާ ޖެސްޓެއިން، "ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިސޯރީ" އިން ފްރޭންސެސް މެކްޑޯމަންޓް އަދި "އޯލް ދަ މަނީ އިންދަ ވޯލްޑް" އިން މިޝެލް ވިލިއަމްސް އެވެ.

ޖޫޑީ ޑެންޗް (ވިކްޓޯރިއާ އެންޑް އަބްދުލް)، ހެލެން މިރެން (ދަ ލީޝާ ސީކާ)، މާގޯ ރޮބީ (އައި ޓޯނިއާ)، ސައޯސް ރޮނަން (ލޭޑީ ބާޑް)، އެމާ ސްޓޯން (ބެޓްލް އޮދް ސެކްސެސް)

ސްޓީވް ކެރެލް (ބެޓްލް އޮފް ދަ ސެކްސެސް)، އެންޒެލް އެލްގޯޓް (ބޭބީ ޑްރައިވާ)، ޖޭމްސް ފްރާންސްކޯ (ދަ ޑީޒާސްޓާ އާޓިސްޓް)، ހިއު ޖެކްމަން (ދަ ގްރޭޓެސްޓް ޝޯމަން)، ޑެލިއެލް ކްލޫޔާ (ގެޓް އައުޓް)

ވިލެމް ޑެފޯ (ދަ ފްލޮރިޑާ ޕްރޮޖެކްޓް)، އާމީ ހެމާ (ކޯލް މީ ބައި ޔޯ ނޭމް)، ރިޗަޑް ޖެންކިންސް (ދަ ޝޭޕް އޮފް ދަ ވޯޓާ)، ކްރިސްޓޯފާ ޕްލަމާ (އޯލް ދަ މަނީ އިން ދަ ވޯލްޑް)، ސޭމް ރޮކްވެލް (ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިސޯރީ)

މޭރީ ޖޭ ބްލިގް (މަޑްބައުންޑް)، ހޮންގް ޗައު (ޑައުންސައިޒިން)، އެލިސަން ޖެނީ (އައި، ޓޯނިއާ)، ލޯރީ މެޓްކެލްފް (ލޭޑީ ބާޑް)، އޮކްޓޭވިއާ ސްޕެންސާ (ދަ ޝޭޕް އޮފް ދަ ވޯޓާ)

ހޯމް (ފާޑިނަންޑް)، މައިޓީ ރިވާ (މަޑްބައުންޑް)، ރިމެމްބާ މީ (ކޮކޯ)، ދަ ސްޓާ (ދަ ސްޓާ)، ދިސް އިޒް މީ (ދަ ގްރޭޓެސްޓް ޝޯމަން)

ދަ ޝޭޕް އޮފް ވޯޓާ، ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިސޯރީ، ފެންޓަމް ތުރެޑް، ދަ ޕޯސްޓް، ޑަންކާކް

މި ފަހަރު އެންމެ މޮޅު އެނިމޭޓެޑް ފީޗާ ފިލްމަކަށް ވާދަ ކުރަނީ ދަ ބޭބީ ބޮސް، ދަ ބްރެޑްވިނާ، ކޮކޯ، ފާޑިނަންޑް އަދި ލަވިން ވިންސެންޓް އެވެ.

މީގެ އިތުރުން އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމް ކެޓަގަރީ އަށް ވާދަ ކުރާ ފިލްމްތަކުގެ ތެރޭގައި ހިމެނެނީ އަ ފެންޓާސްޓިކް ވުމަން (ޗިލީ)، ފަސްޓް ދޭ ކިލްޑް މައި ފާދާ (ކެމްބޯޑިއާ)، އިން ދަ ފޭޑް (ޖަރުމަން/ފްރާންސް)، ލަވްލެސް (ރަޝިއާ) އަދި ދަ ސްކެއާ (ސްވެޑްން/ޖަރުމަން/ފްރާންސް) އެވެ.

ފިލްމްތަކުގެ އިތުރުން ޓީވީގެ އުފެއްދުންތަކަށް ވެސް އެވޯޑް ދޭ ގޯލްޑެން ގްލޯވްބްސްގައި މި ފަހަރު އެންމެ މޮޓީ ޓީވީ ސިލްސިލާ ޑްރާމާ ކެޓަގަރީން ވާދަ ކުރަނީ ނެޓްފްލިކްސްގެ "ދަ ކްރައުން" އާއި "ސްޓްރޭންޖާ ތިންގްސް" ގެ އިތުރުން އެޗްބީއޯގެ ގޭމް އޮފް ތުރޯންސް، ހުލޫގެ "ހޭންޑްމެއިޑްސް ޓޭލް" ގެ އިތުރުން އެންބީސީގެ "ދިސް އިޒް އަސް" އެވެ.

އެންމެ މޮޅު ކޮމެޑީ ސިލްސިލާ އަށް ވާދަ ކުރަނީ އޭބީސީގެ "ބެކިޝް"، ދަ މާވެލަސް މިސިޒް މެއިޒެލް (އެމެޒޯން)، މާސްޓަ އޮފް ނަން (ނެޓްފްލިކްސް)، ސްމިލްފް (ޝޯޓައިމް) އަދި ވިލް އެންޑް ގްރޭސް (އެމްބީސީ) އެވެ.

އެންމޮޅު ޓީވީ ފިލްމް ނުވަތަ މިނީ ސީރީޒް ކެޓަގަރީ އަށް ވާދަ ކުރަނީ އެފްއެކްސްގެ "ފާގޯ" އާއި ފިއުޑް: ބެޓީ އެންޑް ޖޯން" ގެ އިތުރުން އެޗްބީއޯގެ "ބިގް ލިޓްލް ލައިސް"، ޔޫއެސް ނެޓްވާކްގެ "ދަ ސިނާ" އަދި ސަންޑާސް ޓީވީގެ "ޓޮޕް އޮފް ދަ ލޭކް؛ ޗައިނާ ގާލް" އެވެ.

ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ބާއްވާ 75 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސް ހަފުލާ މި ފަހަރު ހުށަހަޅައި ދޭނީ ލޭޓް ނައިޓްގެ މަޝްހޫރި އަދި ހުނަރުވެރި ހޯސްޓް ސެތު މޭޔާޒް އެވެ.