ކުރީގެ ބޮޑުވަޒީރު މަހާތީރާ މަހްލޫފް ބައްދަލު ކުރައްވައިފި
ކުރީގެ ބޮޑުވަޒީރު މަހާތީރާ މަހްލޫފް ބައްދަލު ކުރައްވައިފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރް މުހައްމަދާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ބައްދަލު ކުރައްވައިފި އެވެ.

މަހްލޫފް އެކި ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، މަހާތީރާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތް މަހާތީރާ ހިއްސާ ކުރެއްވި ކަމަށާއި އެ ހާލަތު އޮތީ މެލޭޝިއާއާ ދާދި އެއްގޮތެއްގައި ކަމަށެވެ.

މަހާތީރަކީ މިހާރު މެލޭޝިއާގެ އިދިކޮޅު ކޯލިޝަންގެ ވެރިޔާ އެވެ.

މަހްލޫފް މިހާރު އެކި ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެކި ގައުމުތަކުން ޑިޕްލޮމެޓުންނާ ދަނީ ބައްދަލުކުރައްވައި ރާއްޖޭގެ ހާލަތާ ބެހޭ މައުލޫމާތު ދަނީ ދެއްވަމުންނެވެ.