ވަޅޯމަސް މާރުކޭޓް ހުސްކުރަނީ، ވިޔަފާރިވެރިން ގޮތް ހުސްވެފައި!
ވަޅޯމަސް މާރުކޭޓް ހުސްކުރަނީ، ވިޔަފާރިވެރިން ގޮތް ހުސްވެފައި!

ވަޅޯމަސް މާރުކޭޓުގެ ގޮޅިތައް ހުސްކުރަން، ހައުސިން މިނިސްޓްރީން ކުއްލިއަކަށް އެންގުމާ ގުޅިގެން އެ ތަނުގައި ވިޔަފާރި ކުރާ މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވަޅޯމަސް މާރުކޭޓް ހުސްކުރަނީ، ވިޔަފާރިވެރިން ގޮތް ހުސްވެފައި!
ވަޅޯމަސް މާރުކޭޓް ހުސްކުރަނީ، ވިޔަފާރިވެރިން ގޮތް ހުސްވެފައި!

އެ ތަނުގައި ވިޔަފާރި ކުރާ މީހުންގެ ތެރެއިން "މިހާރު" އަށް ވާހަކަ ދެއްކި އެންމެން ވެސް ބުނީ، އެ މީހުންގެ ގޮޅިތައް މާދަމާގެ 2:00ގެ ނިޔަލަށް ހުސްކުރަން މިދިޔަ ބުރާސްފަތި ދުވަހު އަންގާފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް އަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ވަޅޯމަސް މާރުކޭޓް ހުސްކުރަނީ، ވިޔަފާރިވެރިން ގޮތް ހުސްވެފައި!
ވަޅޯމަސް މާރުކޭޓް ހުސްކުރަނީ، ވިޔަފާރިވެރިން ގޮތް ހުސްވެފައި!

"ބޭބެ މިކަން ކުރާތާ މިހާރު 15 އަހަރުވީ. ބަރާބަރަށް ކުލި ވެސް ދައްކަން. ބޭރުމީހުން ނުގެންގުޅެން އެންގީމަ އެކަމެއް ވެސް ބޭބެ ނުކުރަން. ހަމަ ސީދާ ބޭބެ މި ގޮޅީގަ މި އުޅެނީ. އެކަން އެންމެންނަށް ވެސް އެނގޭނެ،" މަސް ވިއްކައިގެން ލިބޭ އާމްދަނީން 11 ކުދިންގެ ބޮޑު އާއިލާއެއް ބަލަހައްޓަމުން އަންނަ، ތ. ތިމަރަފުށީ އާދަމް މުހައްމަދު ބުންޏެވެ.

ވަޅޯމަސް މާރުކޭޓް ހުސްކުރަނީ، ވިޔަފާރިވެރިން ގޮތް ހުސްވެފައި!
ވަޅޯމަސް މާރުކޭޓް ހުސްކުރަނީ، ވިޔަފާރިވެރިން ގޮތް ހުސްވެފައި!

ފެންކަޅިވެފައި ހުރެ އާދަމްބެ ބުނީ، މާލޭގައި ތަނެއް ކުއްޔަށް ހިފައިގެން ބޮޑެތި ހަރަދުތަކެއް ކުރަމުން އަންނަނިކޮށް މަސް ވިއްކުން ހުއްޓާލަން ޖެހުމުން ދެން ކުރާނެ އިތުރު މަސައްކަތެއް ނޭގޭ ކަމަށެވެ. އަދި ކުއްލިއަކަށް އެ ތަން ހުސްކުރަން އެންގުމުން، ސްޓޮކްގައި ހުރި މަސްތައް ނުއަގުގައި ވިއްކާލަން ޖެހުމުން އިތުރު ގެއްލުންތައް ވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

"މި މަސްތައް މިއީ 60ރ. ގެ ރޭޓުން ގަތް މަސް. މިހާރު މި ވިއްކަނީ 50ރ. އަށް. އެގޮތަށް ހަމަ 75ރ. އަށް ގަތް މަސް 60ރ. އަށް ވެސް އެބަ ވިއްކަން. ގެއްލުމުގައި ވިޔަސް ވިއްކަން މި ޖެހެނީ، މި އެއްޗެހި ބަހައްޓާނެ އިތުރު ތަނެއް ނެތީމަ،" އުމުރުން 70 އަހަރުގެ އާދަމްބެ ކިޔައިދިނެވެ.

ވަޅޯމަސް ވިއްކުމުގައި 40 އަހަރު ހޭދަކޮށްފައިވާ އަބްދުއް ޝުކޫރު ބުނީ، ހައުސިން މިނިސްޓްރީން ގޮޅިތައް ހުސްކުރަން އެންގީ ޕޮއިންޓް ނުލިބޭތީ ކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ޕޮއިންޓް ލިބެނީ ކޮން އުސޫލަކުން، ކިހިނެއް ކަމެއް އޭނާއަކަށް ނޭގެ އެވެ.

"އަޅުގަނޑުމެން ގޮސް ސުވާލު ކުރީމަ މި ބުނަނީ ޕޮއިންޓް ނުލިބޭތީއޭ. މިދިޔަ މަހުގެ ނިޔަލަށް އަޅުގަނޑު ގޮޅީގެ މުއްދަތު ހަމަވީ. ހަމަވީމަ އެހެންނޫނީ އާ ކޮށްދޭނެ. އާ ކުރަން ފޯމް ވެސް ހުށަހެޅިން. އެ ފޯމުގަ ނޯވޭ އެއްވެސް ޕޮއިންޓެއް ލިބޭ ވާހަކައެއް. ޕޮއިންޓް ބަލާ ގޮތެއް ވެސް ނެތް،" ޝުކޫރުގެ ހިތްހަަމަނުޖެހުންތައް ކިޔައިދެމުން ބުންޏެވެ.

"ތިން ދުވަހުން މިތަން ހުސްކުރާނީ ކިހިނެއްތޯ. ދެން ހައުސިން މިނިސްޓްރީން އަންގާފަ އޮތީ ހުސް ނުކުރާނަމަ މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ނުނަގާނަމޭ. އެހެންވީމަ އިތުރު ގޮތެއް ނެތެއްނުންތޯ."

ޝުކޫރު ބުނީ އެގްރީމެންޓް ހަދަނީ އެއް އަހަރުގެ މުއްދަތަށް ކަމަށެވެ. އަދި މުއްދަތު ހަމަވުމުން އަލުން ފޯމް ހުށަހެޅުމުން އެއްބަސްވުން އާ ކޮށްދޭ ކަމަށާއި އޭނާ ވިޔަފާރި ކުރަން ފެށި ފަހުން މިހާ ކުރު މުއްދަތެއް ދީފައި އެތަން ހުސްކުރަން މީގެ ކުރިން އަންގާފައި ނުވާ ކަމަށް ވެސް ބުންޏެވެ.

މި ވިޔަފާރީގައި 37 އަހަރު ވެފައިވާ މުހައްމަދު ޖަމީލު ބުނީ ގޮޅި ހުސްކުރަން އެންގުމުން ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ. މަސް ކެއްކުމަށް ވިލިމާލޭން އޭނާ އަށް ބިމެއް ލިބުމުން މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހަދަރުކޮށްގެން އެތަން ހަދައި، އެ ތަނުގައި މަސައްކަތް ފެށިތާ އަދިވީ ކުޑަ ދުވަސްކޮޅެކެވެ.

"ވިލިނގިލީގަ މަސް ނުވިއްކެނީ މީހުން މާ މަދުވީމަ. މީހުން އަންނަ ތަނެއްގަތާ ވިއްކޭނީ. އެހެންވެ އެކޮޅުން މަސް ތައްޔާރުކޮށްގެން މި ތަނަށް ގެނެސް ވިއްކަނީ. ދެން ހަދާނެ ގޮތެއް ނެތް. ސަރުކާރުން އެންގީމަ ޖެހޭނީ ނިކުންނަންތާ،" މާޔޫސްވެފައި ހުރެ ޖަމީލު ބުންޏެވެ.

މި ނޫނަސް އެ ތަނުގައި އެތައް އަހަރެއް ވަންދެން ވިޔަފާރި ކުރި މީހުންނަށް ވަނީ ގޮޅިތައް ހުސްކުރަން އަންގާފަ އެވެ. ކުއްލިޔަކަށް އެންގުމުން، ސްޓޮކް ހުސްކުރަން ބައެއް މީހުން ނުއަގުގައި މަސްވިއްކަމުން އަންނައިރު، އަނެއްބައި މީހުން ބުނީ "ސަރުކާރުން ބޭރުކޮށްލީމަ ދެން އެތިކޮޅު ހިފައިގެން މަގުމަތީގައި ތިބޭނީ" ކަމަށެވެ.