ޔުވެންޓަސްއާ އެއްވަރުކޮށް އިންޓަ މަގާމް ދަމަހައްޓައިފި
ޔުވެންޓަސްއާ އެއްވަރުކޮށް އިންޓަ މަގާމް ދަމަހައްޓައިފި

ޓިއުރިން (ޑިސެމްބަރު 10) – ޗެމްޕިއަން ޔުވެންޓަސްއާ 0-0 އިން އެއްވަރުކޮށް އިންޓަ އިން ބަލިނުވުމުގެ ސިލްސިލާ ދަމަހައްޓައި އިޓާލިއަން ލީގުގެ އެއް ވަނައިގައި މަގާމް ދިފާއުކޮށްފި އެވެ.

އިންޓަ 40 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު މި ސީޒަނުގައި މިހާތަނަށް ބަލިނުވަނީ އެ ޓީމު އެކަންޏެވެ. ނަޕޯލީ އާއި ޔުވެންޓަސް އަށް 38 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތީ ޔުވެންޓަސް އެވެ. އެކަމަކު މިރޭ ފިއޮރެންޓީނާ އަތުން މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ނަޕޯލީ އަށް އެބައޮތެވެ. އަނެއްކޮޅުން ރޭ މޮޅުވި ނަމަވެސް ޔުވެންޓަސް އަށް ވެސް އެއް ވަނަ އަށް އެރުނީހެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް ވެސް އުފެއްދީ އެ ޓީމުންނެވެ. އިންޓަގެ ކެޕްޓަން އަދި އިޓާލިއަން ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ މައުރޯ އިކާޑީގެ ފަރާތުން ރޭ ނުރައްކަލެއް ނުވެ އެވެ. އަނިޔާވެފައިވާ ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ ބަދަލުގައި ރޭ ގޯލް ބެލެހެއްޓި ވޮސިއެޗް ސެޒްނީ އަށް މަތަކުރަން ޖެހުނީ އެންމެ ހަމަލައެކެވެ.