އޭސް ހާޑްވެއާގެ އަހަރީ ދުވަހާ ދިމާކޮށް، ބޮޑެތި ޑިސްކައުންޓްތަކާ އެކު ގިނަ ޕްރޮމޯޝަންތަކެއް
އޭސް ހާޑްވެއާގެ އަހަރީ ދުވަހާ ދިމާކޮށް، ބޮޑެތި ޑިސްކައުންޓްތަކާ އެކު ގިނަ ޕްރޮމޯޝަންތަކެއް

އޭސް ހާޑްވެއާ އަށް ހަ އަހަރު ފުރުން ފާހަގަކުރުމަށް، 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އޭސް ހާޑްވެއާ އިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ޑިސްކައުންޓުގެ އިތުރުން ގިނަ އިނާމުތަކެއް ވެސް ލިބޭނެ ކަމަށެވެ. އަދި އޭސް ހާޑްވެއާ އަށް ދާ ކޮންމެ ކަސްޓަމަރަކަށް ބައިވެރިވެވޭ ގޮތަށް، ނަސީބުން ދިމާވާ މިންވަރެއްގެ އިތުރު ޑިސްކައުންޓެއް ވެސް ލިބެ އެވެ. އެއީ "ސްޕިން ދަ ވީލް ޑިސްކައުންޓް" އެވެ.

އޭގެ އިތުރުން، މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް އޭސް ހާޑްވެއާގެ ފިހާރަތަކުން ވިޔަފާރިކުރާ ކޮންމެ މީހަކަށް ވެސް 100ރ.ގެ ޑިސްކައުންޓް ކޫޕަނެއް ލިބޭނެ އެވެ. އެ ކޫޕަންތައް ބޭނުން ކޮށްގެން މި މަހުގެ 15-30 އަށް ވިޔަފާރިކުރެވޭނެ އެވެ.

"ޑިސެމްބަރަކީ އޭސް ހާޑްވެއާ އަށް އަބަދުވެސް އެންމެ ހާއްސަ މަސް. އެހެން މަސްތަކާ ހިލާފަށް ޑިސެމްބަރު މަހު ހުރިހާ ބާވަތެއްގެ ތަކެއްޗެއްގައި ޑިސްކައުންޓު އެޅުވިފައި ހުންނާނެ. އަދި ތަފާތު ބާވަތުގެ ޑިސްކައުންޓުތައް އަޅުވާއިރު ކަސްޓަމަރުން އާދަޔާ ހިލާފަށް އަގުހެޔޮކޮށް ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެންދާނެ،" ޕްރޮމޯޝަނާ ގުޅޭ ގޮތުން އޭސް ހާޑްވެއާ އިން ބުންޏެވެ.

މި ޕްރޮމޯސަނުގެ ތެރެއިން "ފޭސްބުކް ލައިކް އެންޑް ކޮމެންޓް" މުބާރާތެއް ބާއްވައި، އެ މުބާރާތުގެ ނަސީބުވެރިއަކަށް ހޮވޭ މީހަކަށް މެލޭޝިއާއަށް ދެ ދެކޮޅު ޓިކެޓް ވެސް ދޭނެ އެވެ. ޕްރޮމޯޝަންގެ ތެރޭގައި އިންސްޓަގްރާމް ސެލްފީ މުބާރާތެއް ވެސް ބާއްވާނެ އެވެ. އެ މުބާރާތް ކުރިއަށް ދާނީ ފޮޓޯ އަޕްލޯޑް ކުރާއިރު happysixwithace# ހޭޝްޓެޖް ޖަހައި، އެންމެ ގިނަ ލައިކްސް ލިބޭ މީހަކަށް ހާއްސަ އިނާމެއް ލިބޭ ގޮތަށެވެ.

އޭސް ހާޑްވެއާގެ ފިހާރަތަކުގައި މިމަހުގެ ކޮންމެ ހަފުތާ ބަންދެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި "ހެޕީ އަވަ ޑިސްކައުޓު"ގެ ނަމުގައި މި މަހުގެ މެދުތެރޭގައި ހާއްސަ ޑިސްކައުންޓްތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާ އަދި ގޭތެރެއަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ އޭސް ހާޑްވެއާ އަކީ އެމެރިކާގެ ފްރެންޗައިސް އެކެވެ.