10 ޑިސެމްބަރ 2017 - 10:19

ފުޅާ ދާއިރާއެއްގައި ސައިކަލް ވިއްކަމުން އަންނަ ލިޓަސްއިން، މައިންނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ލިޓަސް އިން ބުނީ "ފިސާރި ކަނބަލުން" ގެ ނަމުގައި މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނަކީ ސްކޫލަށް ކުދިން ގެންދިއުމަށްޓަކައި ސައިކަލް ގަންނަން ބޭނުންވާ މައިންނަށް ޚާއްސަ ޕްރޮމޯޝަނެއް ކަމަށެވެ.
ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނީ އުމުރުން 16 އަހަރުން ދަށުގެ ކުދިން ތިބޭ މައިންނަށެވެ.
"ގައުމުގެ ތަރައްގީއާ ކުރިއެރުމަށް އަންހެނުން ކުރަމުން އަންނަ މަސައްކަތްތަކަށް އަޅުގަނޑުމެން އަބަދު ވެސް ޝުކުރުވެރިވަން. އެގޮތުން މި ޕްރޮމޯޝަނުގެ ބޭނުމަކީ އަންހެނުން ބާރުވެރި ކުރުވުން،" ލިޓަސް އިން ނެރުނު ބަޔާނެއްގައި ވެ އެވެ.
މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭވަރު ބަލާނީ އުމުރުން 16 އަހަރުން ދަށުގެ ކުދިން ތިބޭ އަދަދަށް ބަލާފައި ކަމަށް ލިޓަސް އިން ބުންޏެވެ. ގިނަ ކުދިން ތިބޭނަމަ ޑިސްކައުންޓް އިތުރުވާނެ އެވެ.
މާލެއާ އެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ލިޓަސްގެ 12 ޝޯރޫމް ހުރެ އެވެ. އެ ހުރިހާ ތަނަކުން ވެސް ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށް ލިޓަސް އިން ބުންޏެވެ.