09 ޑިސެމްބަރ 2017 - 15:07

ޕޭސްޓްރީ އަށް ލޯބިކުރާ ދިވެހިންނަށް ޚާއްސަ ކޮށްގެން ރާއްޖެ އަށް މުޅިން އަލަށް ގެންނަ ފްރެންޗައިޒެއް ކަމަށްވާ ޑެލި ފްރާންސްގެ އުފެއްދުންތައް ތައާރަފްކޮށްފި އެވެ.

ޑެލި ފްރާންސްގެ އުފެއްދުންތައް ރާއްޖޭގެ ޑިސްޓްރިބިއުޓަރު ވީއެޗް ހޮލްޑިންގެ އިސް އޮފިޝަލަކު ވިދާޅުވީ އެ އެއޯ ދިވެހިންނަށް ވަރަށް ކަމުދާނެ އުފެއްދުންތަކަކަށް ވާނެ ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި، ޑެލި ފްރާންސްގެ ރެސްޓޯރަންޓްތައް ދުނިޔޭގެ އެތައް ގައުމެއްގައި މިހާރު ހިންގަމުން އަންނައިރު، ރާއްޖެ އިން ވެސް ޑެލިފްރާންސްގެ ޕޭސްޓްރީގެ ހުރިހާ ބާވަތެއް ވީއެޗް ހޮލްޑިން އިން ހޯލް ސޭލްކޮށް ވިއްކާނެ އެވެ. އެގޮތުން ތަފާތު ވައްތަރުގެ ޕޭސްޓްރީ ބަނަހުގެ އިތުރުން ކްރޮސޯން އާއި ބާގާ ބަންގެ އިތުރުން ސޭންޑްވިޗް ބްރެޑް ހިމެނޭ ކަމަށް ވެސް ވީއެޗް ހޮލްޑިން އިން ބުންޏެވެ.
ވީއެޗް ހޮލްޑިން އިން ބުނީ ސިއްހަތަށް ބަލައިގެން އުޅޭ މީހުންނަށް ޚާއްސަ ބްރައުން ބްރެޑްގެ ތަފާތު ބާވަތްތައް ވެސް ލިބެން ހުންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖެ މި ގެންނަ ޕޭސްޓްރީ ތަކެއްޗަކީ ސީދާ ޑެލި ފްރާންސް ބްރޭންޑްގެ އެކަމަށް ހާއްސަ ޝެފުން ތައްޔާރުކޮށްފައިވާ ޕޭސްޓްރީ ތަކެތި،" ވީއެޗް ހޮލްޑިން އިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ބްރޭންޑް ޚާއްސަ ކޮށްފައި ވަނީ ރިސޯޓް ތަކާއި ރެސްޓޯރަންޓް އަދިކެފޭތަކުގެ އިތުރުން ބައެއް ޕޭސްޓްރީ ބާވަތްތައް ސުޕަމާޓް ތަކުން ވެސް ލިބެން ހުންނާނެ ކަމަށެވެ.
މީގެ 98 އަހަރު ކުރިން 1919 ގައި ފްރާންސްގައި ތައާރަފް ކުރި މި ބްރޭންޑަކީ އެ ގައުމުގައި އެންމެ މަޝްހޫރު ޕޭސްޓްރީ ބްރޭންޑް ތަކުގެ ތެރޭ ހިމެނޭ އެއް ބްރޭންޑެވެ.