ސަޕޯޓަރުން ސަލާމަތް ކުރި ޖޯޖިއާގެ ކުރީގެ ރައީސް އަނެއްކާވެސް ހައްޔަރުކޮށްފި
ސަޕޯޓަރުން ސަލާމަތް ކުރި ޖޯޖިއާގެ ކުރީގެ ރައީސް އަނެއްކާވެސް ހައްޔަރުކޮށްފި

ކިއޭވް (ޑިސެމްބަރު 9) - ޔޫކްރޭނުގެ ވެރިރަށް ކިއޭވްގައި ދިރިއުޅެމުން އަންނަ ޖޯޖިއާގެ ކުރީގެ ރައީސް މިޚެއިލް ސާކަޝްވިލީ ފުލުހުންގެ ވޭނެއްގެ ތެރޭގައި އިންނަވަނިކޮށް ސަޕޯޓަރުން ނުކުމެ ސަލާމަތްކޮށްފައި ވަނިކޮށް އަނެއްކާ ވެސް އޭނާ ހައްޔަރުކޮށްފި އެވެ.

ސާކާޝްވިލީ، 49، ފުރަތަމަ ހައްޔަރު ކުރީ ކުށްކުރާ ޖަމާއަތަކަށް އެހީވިކަމުގެ ތުހުމަތުގަ އެވެ. ސަޕޯޓަރުން ނުކުމެ ސާކާޝްވިލީ ސަލާމަތް ކުރުމާ އެކު އޭނާ ވަނީ ޔުކްރޭނުގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ މަގާމުން ދުުރުކުރުމަށް ގޮވާލައިފަ އެވެ. ސާކާޝްވިލީ ވިދާޅުވީ ރައީސް ޕޮރޮޝެންކޯ އަކީ ކޮރަޕްޓް މީހެއް ކަމަށެވެ.

ސާކާޝްވިލީ އަލުން ހައްޔަރު ކުރީ އޭނާ އަމިއްލަ އަށް ފުލުހުންނަށް ހަވާލުވުމަށް ދިން 24 ގަޑިއިރުގެ މުހުލަތު ހަމަވުމުންނެވެ.

ސާކާޝްވިލީ ވަނީ 2015 ވަނަ އަހަރު ޔޫކްރޭނުގެ ރައްޔިތަކަށްވެފަ އެވެ. އެހެންވެ އޭނާ އަށް ވަނީ ޖޯޖިއާގެ ޕާސްޕޯޓް އޮޓޮމެޓިކުން ގެއްލިފަ އެވެ. މިދިޔަ ޖުލައި މަހު ޖޯޖިއާގެ ރައްވެހިކަން ސާކާޝްވިލީ އަށް ގެއްލުމުން އޭނާ އަކީ މިހާރު ވަކި ގައުމަކަށް ނިސްބަތް ނުވާ މީހެކެވެ. ޔޫކްރޭނަށް ވަޑައިގަތުމުގެ ކުރިން ސާކާޝްވިލީ ވަނީ ޖޯޖިއާގެ ރައީސްކަން 10 އަހަރު ކުރައްވައިފަ އެވެ.