މުގާބޭގެ އަރިސް ދެ މީހެއްގެ ބޭންކް އެކައުންޓް ހިފަހައްޓައިފި
މުގާބޭގެ އަރިސް ދެ މީހެއްގެ ބޭންކް އެކައުންޓް ހިފަހައްޓައިފި

ހަރާރޭ (ޑިސެމްބަރު 8) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އަރިސް ދެ ވަޒީރެއްގެ ބޭންކް އެކައުންޓްތައް އެ ގައުމުގެ ސެންޓްރަލް ބޭންކުން ހިފަހައްޓައިފި އެވެ.

ސަރުކާރުން ހިންގާ ހެރަލްޑް ނޫހުން ބުނީ ކުރީގެ ދެ ވަޒީރުން ކަމަށްވާ ޖޮނަތަން މޮޔޯ އާއި ސޭވާރީ ކަސުކުވާރޭގެ ހުރިހާ ބޭންކް އެކައުންޓްތަކަކާއި އެ މީހުން ހިއްސާވާ ކުންފުނިތަކުގެ އެކައުންޓްތައް ވެސް ހިފެހެއްޓުމަށް މާލީ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ. އެ ދެ ވަޒީރުންނަކީ މުގާބޭ އަނބިކަނބަލުން ގްރޭސް ވެރިކަމަށް ގެނައުމަށް ކެމްޕޭންކުރި ދެ މީހުންނެވެ. މޮޔޯ އަކީ މުގާބޭ ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރެވެ.

މުގާބޭގެ 37 އަހަރުގެ ވެރިކަން މިދިޔަ މަހު ނިމުމަކަށް ގެނައި ފަހުން އެ ދެ ވަޒީރުންވީ ތަނެއް ނޭނގެ އެވެ.