ހިތުގެ އާލާސްކަންފުޅެއްގައި ޒަމީރު ލަންކާގައި ފަރުވާ ހޯއްދަވަނީ
ހިތުގެ އާލާސްކަންފުޅެއްގައި ޒަމީރު ލަންކާގައި ފަރުވާ ހޯއްދަވަނީ

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހިތުގެ އާލާސްކަންފުޅެއްގައި ސްރީ ލަންކާގައި މިރޭ ފަރުވާ ހޯއްދަވަން ފައްޓަވައިފި އެވެ.

ޒަމީރުގެ އަރިސް ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ ޒަމީރުގެ މޭގައި ކުއްލި ގޮތަކަށް ރިއްސަން ފެށީ ރާއްޖެ ވަޑައިގަތުމަށްޓަކައި ބަންޑާރަނައިކަ އެއާޕޯޓުގައި ހުންނަވަނިކޮށް ކަމަށެވެ. އަދި މިހާރު ލަންކާ ހޮސްޕިޓަލްގައި ޒަމީރު ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮކްޓަރު ބައްލަވާފައި ވިދާޅުވީ މައިނަ ހާޓް އެޓޭކެއް ކަމަށް. މިހާރު ހާލު ރަނގަޅު،" އޮފިޝަލް ވިދާޅުވި އެވެ.