އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް
އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް

އުރީދޫން މި އަހަރު އަލަށް ބާއްވަން ފެށި "ކަލާ ރަން" މިއަދު ހުޅުމާލޭގައި ކުރިއަށް ދިޔައިރު ބައިވެރިންނަށް އެކަން ވީ ބޮޑު މަޖާގަނޑަކަށެވެ. ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ބައިވެރިވި ދުވުން ކުރިއަށް ދިޔައިރު މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ވީ ކުލައިގެ އީދަކަށެވެ.

އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް
އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް

ހުޅުމާލޭ ސެންޓްރަލް ޕާކުން މިއަދު 3:30 ގައި ފެށި ދުވުމުގައި 3،200 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އުރީދޫގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި އިވެންޓް ވަރަށް ކާމިޔާބު ކަމަށެވެ.

އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް
އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް

މަޝްހޫރު ބޭންޑްތަކުގެ ލައިވް މިއުޒިކާއި އެކު ކުރިއަށް ދިޔަ، ކަލާ ރަންގައި ވަނީ "ދި މޯސްޓް އެންޓަަޓެއިނިން ރަނާ" އާއި "ދި ފެންސީ ރަނާ، މޭލް" އަދި "ދި ފެންސީ ރަނާ، ފީމޭލް" ހޮވާފަ އެވެ. އެ މަގާމުތަކަށް ހޮވުނީ:

އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް
އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް

- ދި މޯސްޓް އެންޓަަޓެއިނިން ރަނާ: ބިބް ނަންބަރު 1316

އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް
އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް

- ދި ފެންސީ ރަނާ، މޭލް: ބިބް ނަންބަރު 1660

އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް
އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް

- ދި ފެންސީ ރަނާ، ފީމޭލް: ބިބް ނަންބަރު 1867

އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް
އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް

ކަލާ ރަން އަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމުގެ މަގުސަދުގައި އުރީދޫ އިން ބާއްވަން ފެށި ހަރަކާތެކެވެ. ކޮންމެ އަހަރަކު ވެސް ކަލާ ރަން ބާއްވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް
އުރީދޫ "ކަލާ ރަން" ވީ ކުލައިގެ ބޮޑު މަޖާގަނޑަކަށް

މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނުވަތަ ނަށަމުން ވިޔަސް ރޭސް ނިންމެ އެވެ. އަދި ފަސް ކިލޯމީޓަރުގެ މި ރޭހުގެ ކޮންމެ ކިލޯމީޓަރަކަށް ދުވެ ނިމޭ ހިސާބުގައި ބަހައްޓާފައި ހުންނަ ކުލަ ސްޓޭޝަންތަކުން އެކަން ފާހަގަކޮށް ކުލަ ޖަހަ އެވެ. އެކި ސްޓޭޝަންތަކުން އެކި ކުލަތައް ޖަހަމުން ދިޔައިރު ބައިވެރިން ވެސް އެކަކު އަނެކަކަށް ކުލަ ޖަހައި މަޖާކުރި އެވެ.

ޖަހަނީ ހިކި ކުލަ ކަމަށް ވާތީ، ދުވުން ކުރިއަށް ދިޔައިރު ކުލަތަކުން މުޅި ސަރަހައްދު ފުރާލަ އެވެ. ފެންނަމުން ދިޔައީ ކުލައިން ސިފަ ގެއްލިފައި ތިބި އެކި އުމުރުފުރައިގެ މޫނުތަކެވެ.

ކަލާ ރަން އަކީ ހަތް އަހަރުން މަތީގެ ހުރިހާ އެންމެންނަށް ވެސް، އެއްވެސް ފީއަކާ ނުލާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.