08 ޑިސެމްބަރ 2017 - 09:54

ސިފައިންގެއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ހ. ހަބަރުގޭ ކާނަލް ރިޓަޔާޑް ޝައުކަތު އިބްރާހިމް (ހަބަރު ޝައުކަތު) ރޭގެ ވަގުތެއްގައި އަވަހާރަ ވެއްޖެ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި އުމުރުން 71 އަހަރުގެ ޝައުކަތު އަވަހާރަވީ އެންޖިއޮޕްލާސްޓީ ހެދުމަށް ފަހު އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ކުރިން ވެސް ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ ޝައުކަތު ރޭ އައިޖީއެމްއެޗަށް ގެންދިޔައީ މޭގައި ރިއްސާތީ އެވެ.
ޝައުކަތުގެ މައްޗަށް ކުރާ ކަށުނަމާދު މިއަދު ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ.
ޝައުކަތަކީ ފުލުހުންގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަދި މިހާރު އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން އާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އައިމިނަތު އީނާޝްގެ ބައްޕާފުޅެވެ.