އެމިނެމްގެ އާ އަލްބަމް "ރިވައިވަލް" މި މަހު 15 ގައި ނެރެނީ
އެމިނެމްގެ އާ އަލްބަމް "ރިވައިވަލް" މި މަހު 15 ގައި ނެރެނީ

އެމެރިކާގެ މަޝްހޫރު ރެޕާ އެމިނެމްގެ އާ އަލްބަމް "ރިވައިވަލް" މި މަހުގެ 15 ގައި ރިލީޒް ކުރަން ނިންމައި، އަލްބަމްގެ ޓްރެކްލިސްޓް ވެސް ފޭނުންނާ ހިއްސާކޮށްފި އެވެ.

ޓްވިޓާގައި އޭނާ ޕޯސްޓް ކުރި ޓްރެކް ލިސްޓްގައިވާ ގޮތުން އަލްބަމްގައި 19 ލަވަ ހިމެނެ އެވެ. މި ލަވަތަކުގައި މަޝްހޫރު އެހެން ފަންނާނުންތައް ވެސް ހިއްސާވެ އެވެ. އޭގެ ތެރޭގައި ބިޔޯންސޭ، އެޑް ޝީރަން، ޕިންކް، އެލީޝިއާ ކީސް އަދި ސްކައިލާ ކްރޭ ފަދަ ފަންނާނުން ހިމެނެ އެވެ.

"ރިވައިވަލް" އަކީ 2013 ގައި އެމިނެމް ނެރުނު އޭނާގެ އަށް ވަނަ އަލްބަމް "ދަ މާޝަލް މެދާޒް އެލްޕީ 2" އަށް ފަހު ނެރޭ ފުރަތަމަ އަލްބަމެވެ.

އޭނާ ކުރިން ނެރެފައިވާ އަލްބަމްތަކުގެ ތެރޭގައި ރިކަވަރީ (2010)، ރިލެޕްސް (2009) އަދި އެންކޯ (2004) ހިމެނެ އެވެ.

ފަނަރަ ގްރެމީ ހާސިލްކޮށްފައިވާ އެމިނެމް، 45، ގެ އާ އަލްބަމަށް މިހާރު ވެސް އޭނާގެ ފޭނުން ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ އިރު، އަލްބަމްގެ ލަވަތަކުގެ ތެރެއިން ލަވައެއް މިދިޔަ މަހުގެ ބޭއްވި އެމްޓީވީ މިއުޒިކޯ އެވޯޑްގައި އެމިނެމް ވަނީ ވަނީ ފަމޯމްކޮށްފަ އެވެ. އެއީ ބިޔޯންސޭ ފީޗާ ކުރާ ލަވަ "ވޯލްކް އޮން ވޯޓާ" އެވެ.