އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުން ގަބޫލެއް ނުކުރެވޭނެ: ޕީޕީއެމް
އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުން ގަބޫލެއް ނުކުރެވޭނެ: ޕީޕީއެމް

އިޒްރޭލުގެ ވެރިރަށް ތެލްއަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ފަލަސްތީނުގެ ގުދުސަށް ބަދަލުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް، ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން މިއަދު ބުނެފި އެވެ.

އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުން ގަބޫލެއް ނުކުރެވޭނެ: ޕީޕީއެމް
އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުން ގަބޫލެއް ނުކުރެވޭނެ: ޕީޕީއެމް

އެ ޕާޓީގެ ފަރާތުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ފަލަސްތީނު ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތުގެ ހައްގުތަކެއް ނިގުޅައިގަންނަ ގޮތަށް ރައީސް ޓްރަމްޕު ނިންމެވި ނިންމެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުން ގަބޫލެއް ނުކުރެވޭނެ: ޕީޕީއެމް
އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުން ގަބޫލެއް ނުކުރެވޭނެ: ޕީޕީއެމް

"އަޅުގަނޑުމެން ޕާޓީގެ ސްޓޭންޑަކީ ދިވެހި ސަރުކާރުގެ ވެސް ސްޓޭންޑް. ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ފަހުން އޮންނާނެ ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތު އާންމުކޮށްފައި. އެއީ ފަލަސްތީނުގެ ސުލްހަ އަށް ގެއްލުން ނުވާ ގޮތަށް ފަލަސްތީނާއި އިޒްރޭލުގެ މައްސަލަތައް ހައްލު ކުރުން،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ދިވެހި ސަރުކާރުން އެއްވެސް އިރަކު ނުދެކެ އެވެ. އަދި ދިވެހި ސަރުކާރުގެ ސިޔާސަތެކޭ އެއްފަދައިން ޕީޕިއެމުން ވެސް ފަލަސްތީނު މައްސަލައިގައި ގެންގުޅޭ ސިޔާސަތަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމެވެ.

"ގުދުސްގެ މައްސަލައަކީ މެދުއިރުމަތީގެ އިތުރުން ވަކިން ހާއްސަކޮށް މުޅި އިސްލާމީ މުޖްތަމައާ ގުޅިފައިވާ މައްސަލައެއް. އަދި އަޅުގަނޑުމެން ދިވެހިންނާ ވެސް ގުޅިފައވާ މައްސަލައެއް. ގުދުސަކީ އިސްލާމީ އުންމަތުގެ ހަޟާރަތާ ގުޅޭ ވަރަށް ގިނަ ބިނާތަކެއް ވެސް ހުރި ތަނެއް. ގުދުސް ވާންޖެހޭނީ ފަލަސްތީނު ރައްޔިތުން ވެސް އެދޭ ގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަށް. އިޒްރޭލުގެ ވެރިރަށް ކަމުގައި ހަމަޖެއްސުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގުދުސްގެ މައްސަލައަކީ މެދުއިރުމަތީގެ އެންމެ ބޮޑު މައްސަލަ އެވެ. އަދި ފަލަސްތީނާ ގުޅުން ހުރި އެފަދަ ކޮންމެ ކަމެއް ނިންމަންވާނީ އެ ކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއްގެ ހިއްސާވުން އޮންނަ ގޮތަށް ދެކެވޭ ސުލްހަވެރި ވާހަކަތަކަށް ފަހު، ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވަނީ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ފޯނުން ގުޅުއްވައި، އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމެވި ކަން ދަންނަވައިފަ އެވެ. އަދި އޭގެ ފަހުން ޓްރަމްޕު ވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އަށާއި އުރްދުންގެ ރަސްގެފާނު އަބްދުﷲ އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.

ވައިޓް ހައުސް އިން ބުނި ގޮތުގައި މިއަދުގެ ވަގުތެއްގައި ރައީސް ޓްރަމްޕު ރަސްމީކޮށް އެކަން އިއުލާން ކުރައްވާނެ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ގެންދަވަނީ ޓްރަމްޕުގެ އެ ނިންމެވުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައި އެ ނިންމެވުން ތަންފީޒު ނުކުރެއްވުމަށް ޓްރަމްޕަށް ދަންނަވަމުންނެވެ.