ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްސަލަ އަށް ބްރޯޑްކާސްޓިން ކޮމިޝަން ވަންނަނީ
ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްސަލަ އަށް ބްރޯޑްކާސްޓިން ކޮމިޝަން ވަންނަނީ

"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކޮށްފައިވާ އަމުރަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ އަމުރެއް ކަމަށް ގަބޫލު ކުރެވޭތީ އެ އަމުރުގައިވާ މުވައްޒަފުންގެ ބައި ދައުލަތުން އެޓާނީ ޖެނެރަލް އިސްތިއުނާފު އިސްތިއުނާފު ކުރަން ނިންމުމާ ގުޅިގެން އެ މައްސަލައިގެ ތެރެއަށް މޯލްޑިވްސް ބްރޯޑާސްޓިން ކޮމިޝަނުން ތަދައްހުލް ވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްސަލަ އަށް ބްރޯޑްކާސްޓިން ކޮމިޝަން ވަންނަނީ
ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްސަލަ އަށް ބްރޯޑްކާސްޓިން ކޮމިޝަން ވަންނަނީ

ބްރޯޑް ކޮމްގެ ރައީސް މުހައްމަދު ޝަހީބް "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ކޯޓްގައި އިސްތިއުނާފު ކުރަނީ ދައުލަތުން ކަމަށްވާތީ، އޭގެ ތެރެއަށް ކޮމިޝަން ތަދައްހުލް ވާނެ ކަމަށެވެ.

ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްސަލަ އަށް ބްރޯޑްކާސްޓިން ކޮމިޝަން ވަންނަނީ
ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްސަލަ އަށް ބްރޯޑްކާސްޓިން ކޮމިޝަން ވަންނަނީ

"އަޅުގަނޑުމެންގެ ކޮމިޝަނަކީ ދައުލަތުގެ މުއައްސަސާގެ ތެރޭގައި ހިމެނޭ ކޮމިޝަނަކަށް ވާތީ، ދައުލަތުން އަމުރު އިސްތިއުނާފު ކުރާތީ، އޭގެ ތެރޭގައި އަޅުގަނޑުމެން ތަދައްހުލް ވާނަން." އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން ކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން މިހާރު ކުރަމުން މި އަންނަނީ."

"ހަވީރު" ނޫހުގެ މިލްކުވެރިކަމާ މެދު ސިވިލް ކޯޓުން ހުކުމްކުރި އިރު، އެ ނޫހާއި ނޫހުގެ ވިޔަފާރިތަކާ ގުޅުން ހުރި ކަންކަމުގައި މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް "ހަވީރު" ނޫން މީޑިއާއެއްގައި ދެ އަހަރު ވަންދެން އެއްވެސް މަސައްކަތެއް ކުރުން ވަނީ މަނާކޮށްފަ އެވެ.

"ހަވީރު" ހުއްޓާލި އިރު، އެ ވިޔަފާރިތަކުގައި 80 އެއްހާ މުވައްޒަފުން ދިޔައީ ވަޒީފާ އަދާކުރަމުންނެވެ.

އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން އިސްތިއުފާ ދިނުމަށް ފަހު މިހާރު މަސައްކަތް ކުރަމުން އަންނަނީ "މިހާރު" ނޫހުގަ އެވެ.

ސިވިލް ކޯޓުން ކުރި އަމުރާ ގުޅިގެން ބްރޯޑްކޮމް އިން ކުރިން ބުނެފައި ވަނީ އެ ނިންމުމާ ހައިރާން ވާ ކަމަށާއި އެ ހުކުމާ އެއްގޮތަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.

ޝަހީބް ވިދާޅުވި ގޮތުގައި އެ ކޮމިޝަންގެ މެންޑޭޓުގައި ހިމެނެނީ ބްރޯޑްކާސްޓިން ސްޓޭޝަންތަކުގެ ކަންކަން ބެލެހެއްޓުމެވެ. އެ ތަންތަނުން ގަވާއިދާ ހިލާފަށް ކަމެއް ކުރާ ނަމަ އެޅޭނެ ފިޔަވަޅުތައް ކޮމިޝަނުގެ ގާނޫނުގައި ހިމެނޭކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އޭގެ ތެރޭގައި ފަރުދީ މައްސަލަތައް ނުހިމެނޭ ކަމަށެވެ.

"މީޑިއާގައި މަސައްކަތް ކުރާ މީހުންގެ ވަޒީފާ އާއި އެ ނޫން ވެސް މި ފަދަ ކަންކަމަކީ ފަރުދީ ކަންކަން. އެ ފަދަ ކަންކަމާ މެދު ފިޔަވަޅު އެޅުމުގެ ބާރެއް އަޅުގަނޑުމެންނަށް ލިބިފައެއް ނެތް،" އެ މީހަކު ބޭނުން ތަނެއްގައި ވަޒީފާ އަދާ ކުރުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި ވާކަން ފާހަގަކުރައްވައި ޝަހީބު ވިދާޅުވި އެވެ.