ކެޓުރީނާ-އާލިއާ: ބޮލީވުޑްގެ އާ ދެ ބެސްޓްފްރެންޑުން
ކެޓުރީނާ-އާލިއާ: ބޮލީވުޑްގެ އާ ދެ ބެސްޓްފްރެންޑުން

ފިލްމީ ބަތަލާއިން ކަމަށްވާ އާލިއާ ބަޓް އާއި ކެޓުރީނާ ކައިފަކީ މިހާރު ބޮލީވުޑްގައި ތިބި ބެސްޓް ފްރެންޑުންގެ ތެރެއިން އެންމެ ކުރީގައި އުޅޭ ދެ އެކްޓަރުންނެވެ. ވޯގް ބީއެފްއެފް އެޕިސޯޑެއް މި ދެ އެކްޓަރުންނާއެކު މިހާރު ވަނީ ޝޫޓްކޮށްފަ އެވެ.

މި ދެ އެކްޓަރުންގެ އެކުވެރިކަން އާއްމުންގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ ސްވިމިން ޕޫލެއްގައި ސަކަރާތް ޖަހަނިކޮށް ފެންނަ ވީޑިއޯއަކަށް ފަހުގަ އެވެ. އަދި އޭގެ ފަހުން އާލިއާ ލައްވާ ކެޓުރީނާ ގަދަކަމުން ޖިމެއްގައި ކަސްރަތު ކުރުވާ ވީޑިއޯއެއް ވެސް އާންމުވެފައިވެ އެވެ.

އާލިއާ އާއި ކެޓުރީނާގެ ގުޅުން ބަދަހިވީ ދެ މީހުން އެކުގައި ޑްރީމް ޓީމް ކޮންސެޓްގައި އެކި ގައުމުތަކުގައި ޕާފޯމް ކުރަން ކުރި ދަތުރަށް ފަހުގަ އެވެ. އޭގެ ފަހުން ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި މި ދެ ތަރިން އެކުގައި ބައިވެރިވެ އެކަކު އަނެކަކަށް ވަރަށް ތައުރީފުކޮށްފައިވެ އެވެ.

ބޮލީވުޑް ބަތަލާއިން މިހާ ބޮޑަށް އެކުވެރިވުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. ޚާއްސަކޮށް އާލިއާ އާއި ކެޓުރީނާ އަކީ މިހާރު އެންމެ ވާދަވެރި ގްރޫޕްގައި ހިމެނޭ ދެ އެކްޓަރުންނަށް ވާތީ އެވެ. ގިނަ ފަހަރަށް އެއް ވަރެއްގައި ވާދަކުރާ މީހުންގެ މެދުގައި ހަސަދަވެރިކަމާއި ދެކޮޅުވެރިކަން އޮވެ އެވެ.