"ބޮހެމިއަން ރަޕްސޮޑީ" ގެ ޑައިރެކްޓަރުގެ ގޮނޑިން ބްރަޔަން ސިންގާ ވައްޓާލައިފި
"ބޮހެމިއަން ރަޕްސޮޑީ" ގެ ޑައިރެކްޓަރުގެ ގޮނޑިން ބްރަޔަން ސިންގާ ވައްޓާލައިފި

ޓްވެންޓިއެތު ސެންޗަރީ ފޮކްސްގެ ފިލްމް "ބޮހެމިއަން ރަޕްސޮޑީ" ގެ ޑައިރެކްޓަރު ބްރަޔަން ސިންގާގެ ބޮޑު ބައެއް ޝޫޓްކޮށްފައި ވަނިކޮށް، ބާކީ މަސައްކަތް ނިންމަން ސެޓަށް ހާޒިރު ނުވެގެން، ފިލްމްގެ މަސައްކަތް މެދުވެސް ކަނޑާލައިފައި އޮތުމަށް ފަހު، ފިލްމް ޑައިރެކްޓަރުގެ މަގާމުން އޭނާ ވަކިކޮށްފި އެވެ.

"ބޮހެމިއަން ރަޕްސޮޑީ" ގެ ޑައިރެކްޓަރުގެ ގޮނޑިން ބްރަޔަން ސިންގާ ވައްޓާލައިފި
"ބޮހެމިއަން ރަޕްސޮޑީ" ގެ ޑައިރެކްޓަރުގެ ގޮނޑިން ބްރަޔަން ސިންގާ ވައްޓާލައިފި

އެކަން ފޮކްސް އިން ކަށަވަރުކޮށް ދިން ނަމަވެސް އިތުރު އެއްޗެއް ނުބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ މަހުގެ 23 ގައި ފާހަގަ ކުރި ތޭންކްސްގިވިން ޑޭއަށް ފަހު، ބްރަޔަން ވަނީ ވީ ގޮތެއް ނާންގައި، ފިލްމްގެ މަސައްކަތް ހުއްޓާލައިފަ އެވެ. އަދި އޭނާގެ ހަބަރެއް ނުވެގެން ހޯދަން ފޮކްސް އިން ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ވެސް ނުވި ކަމަށްވެ އެވެ.

"އެކްސް މެން" ފަދަ ފިލްމްތަކުގެ ޑައިރެކްޓަރު އެކަމަކު ދިފާއުގައި ނެރުނު ބަޔާނެއްގައި ބުނީ އޭނާ މަސައްކަތަށް ހާޒިރު ނުވީ ސިއްހީ މައްސަލަތަކަކާ ހެދި ކަމަށާއި އެކަން ފޮކްސްއާ ވެސް ހިއްސާކޮށްފައި ވާނެ ކަމަށެވެ.

ބްރަޔަން ބުނީ ""ބޮހެމިއަން ރަޕްސޮޑީ" އިން އޭނާ ވަކި ކުރީ އޭގެ ލީޑް އެކްޓަރު ރަމީ މާލިކްއާ ޖެހުނު މައްސަލަތަކަކާ ހެދި ކަމަށް ބަޔަކު އަޑު ފެތުރިޔަސް އެ ވާހަކާގައި ހަގީގަތެއް ނެތް ކަމަށެވެ.

"އަހަންނަށް ސިއްހީ މައްސަލަތަކެއް ދިމާވެގެން ކުޑަކުޑަ ބްރޭކަށް އެދުނީމަ އެކަން ހަމަޖައްސައި ނުދީ އަހަރެން ފިލްމުން ވަކިކޮށްލުމަކީ ފޮކްސް އިން ވަރަށް ދެރަކޮށް ނިންމި ނިންމުމެއް،" ބްރަޔަން، 52، ބުންޏެވެ. "އަހަރެން ފިލްމްގެ ޑައިރެކްޓަރުގެ މަގާމުން ވަކިކުރި އިރު، ފިލްމްގެ ބާކީ އޮންނާނީ ގާތްގަނޑަށް ތިން ހަފުތާއެއްހާ ދުވަހުގެ ޝޫޓިން. މި ފިލްމަކީ އަހަރެން ވަރަށް ހަދަން ބޭނުންވެގެން މަސައްކަތް ފެށި ފިލްމެއް."

ނަމަވެސް ސިއްހީ ގޮތުން ދިމާވެގެން އުޅެނީ ކޮން ކަހަލަ މައްސަލަތަކެއް ކަމެއް އޭނާ ހާމައެއް ނުކުރެ އެވެ. ބްރަޔަންގެ މައްޗަށް ދާދި ފަހުން ފެންމަތިވި ޖިންސީ ގޯނާތަކުގެ ތުހުމަތުތަކާ އެކު، އޭނާ އަށް ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

ޑިސެމްބަރު، 25، 2018 ގައި ރިލީޒް ކުރަން ތާވަލްކޮށްފައިވާ "ބޮހެމިއަން ރަޕްސޮޑީ" އަކީ އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް "ކްއީން" އާއި އޭގެ ލީޑް ލަވަ ކިޔުންތެރިޔާ ފްރެޑީ މާކިއުރީ އަށް ބިނާކޮށް ހަދާ ބައޮގްރަފިކަލް ޑްރާމާއެކެވެ. ފިލްމްގެ މައިގަނޑު ބިނާކޮށްފައި ވަނީ އެ މީހުންގެ 1985 ގެ ލައިވް އެއިޑް ޕަފޯމަންސަށެވެ.

ކާމިޔާބު ފިލްމްތަކެއް ޕްރޮޑިއުސް ވެސް ކޮށްފައިވާ ބްޔަރަން އެންމެ ފަހުން ޑައިރެކްޓްކޮށް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "އެކްސް މެން: އެޕޮކެލިޕްސް" އެވެ.