ޓެންޒޭނިޔާގައި ޝީޝާ ބުއިން މަނާކޮށްފި
ޓެންޒޭނިޔާގައި ޝީޝާ ބުއިން މަނާކޮށްފި

ދާރުއްސަލާމް (ޖުލައި 8) - ސިއްހީ ގޮތުން ވަރަށް ނުރަނގަޅު އާދައެއް ކަމަށް ބަލާ ޝީޝާ ބުއިން ޓެންޒޭނިއާގައި މަނާކޮށްފި އެވެ.

ޓެންޒޭނިޔާގައި ޝީޝާ ބުއިން މަނާކޮށްފި
ޓެންޒޭނިޔާގައި ޝީޝާ ބުއިން މަނާކޮށްފި

އިރުމަތީ އެފްރިކާގެ ގައުމުން ބުނީ ޝީޝާ ބުއިމަކީ މަސްތުވާތަކެއްޗާއި ރާބުއިން ފަދަ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމަށް މަގު ފަހިވެގެންދާ ކަމެއް ކަމަށެވެ. ޓެންޒޭނިއާ ސަރުކާރުން މިހާރު ނިންމާފައި ވަނީ ޝީޝާ ބުއިމުގެ ވިޔަފާރި ކުރިއަށް އޮތް ހަތް ދުވަސް ތެރޭ އެ ގައުމުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ދާރުއް ސަލާމުގައި ހުއްޓާލާ ގޮތަށެވެ. ޝީޝާ ބުއިމަކީ ޓެންޒޭނިއާގެ ޒުވާނުންގެ މެދުގައި މަގްބޫލް މަގުބޫލް ވަމުން އަންނަ ނުރަނގަޅު އާދައެކެވެ. އަދި ޝީޝާ ބުއިމުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްފާނެ ކަމުގެ ކަންބޮޑުވުން އޮވެ އެވެ. މީގެ އިތުރުން ޝީޝާގެ ފެނުގެ ބަދަލުގައި އެލްކޮހޯމް ބޭނުން ކުރަމުންދާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފަ އެވެ.

ބޮޑު ވަޒީރު ކާސިމް މަޖަލިވާ ވިދާޅުވީ ޝީޝާ ބުއިމަކީ ކުރިމަގުގެ ޖީލުތައް މަރާލުން ފަދަ ނުރައްކާ ކަމެއް ކަމަށެވެ.

ޝީޝާ ބުއިމަކީ ބައެއް އަރަބި ގައުމުތަކުގައި ވެސް އާއްމު ކަމެކެވެ. އަދި ބައެއް އަރަބި ގައުމުތަކުގެ މި ބާވަތުގެ އާދަތައް ޓެންޒޭނިއާ އިން ވެސް ފެނެ އެވެ.

އިނގިރޭސި ވިލާތުގައި ސިއްހަތަަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ޝީޝާ ބުއިމުގައި ހުރި ސިއްހީ ނުރައްކާތަކާ ބެހޭ ގޮތުން އިންޒާރުދީފަ އެވެ. ޑޮކްޓަރުން ބުނަނީ ޝީޝާ ބުއިމަކީ ސިނގިރޭޓް ބުއިމަށް ވުރެ ގެއްލުން ކުޑަ ކަމެއް ކަމަށް ބުނެ ދައްކާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ބްރިޓިޝް ހާޓް ފައުންޑޭޝަނުން ބުނީ އެއް ގަޑިއިރުވަންދެން ޝީޝާ ބުއިމަކީ 100 ސިނގިރޭޓް ބުއިމާ އެއްފަދަ ކަމެއް ކަމަށެވެ.

ސިނގިރޭޓް ބޯ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް ކަމަށްވާ ހިތުގެ ބައްޔާއި ކެންސަރާއި ނޭވާލާ ނިޒާމުގެ ބަލިތަކާ ބަލިވެ އިނުމުގައި ދިމާވާ މައްސަލަތައް ވެސް ޝީޝާ ބޯ މީހުންނަށް ދިމާވެ އެވެ.