އަކްޝޭ އާއި ސަލްމާން ބޮޑު ރުޅިވެރިކަމެއްގައި
އަކްޝޭ އާއި ސަލްމާން ބޮޑު ރުޅިވެރިކަމެއްގައި

އަކްޝޭ ކުމާރު ދެކެ ސަލްމާން ޚާން ރުޅި އައިސް ދެ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އަކްޝޭ އާއި ސަލްމާން ބޮޑު ރުޅިވެރިކަމެއްގައި
އަކްޝޭ އާއި ސަލްމާން ބޮޑު ރުޅިވެރިކަމެއްގައި

މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގެ ގޯއާގައި އޮތް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާ (އައިއެފްއެފްއައި) ގައި ސަލްމާން ވަނީ އަކްޝޭއާ ދިމާނުވޭތޯ ވަރަށް މަސައްކަތް ކޮށްފައި ކަމަށްވެ އެވެ.

މި ދެ އެކްޓަރުންގެ މެދުގައި މައްސަލަތައް ޖެހުނީ ސަލްމާންގެ ކުރީގެ މެނޭޖަރު ރޭޝްމާ ޝެޓީ އަށް އަކްޝޭ ވަޒީފާ ދީ އޭނާގެ މެނޭޖަރަކަށް ހެދުމުންނެވެ. މިހާރު ރޭޝްމާ އަންނަނީ ހިންދީ ފިލްމު އިންޑަސްޓްރީގައި ހުރި ހުރިހާ ބޮޑެތި ފިލްމުތަކެއްގެ ލީޑް ރޯލު އަކްޝޭ އަށް ހޯދައިދޭން ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

ސަލްމާން ހޯސްޓްކުރާ "ބިގް ބޮސް" އޭނާ އަތުން އަތުލައި އަކްޝޭ އަށް އެ ޝޯ ހޯދައިދޭން ވެސް ރޭޝްމާ ވަރަށް މަސައްކަތް ކުރި ކަމަށްވެ އެވެ.

އަކްޝޭ ލީޑް ރޯލަށް ލައިގެން "ކެސާރީ" ކިޔާ ފިލްމެއް ސަލްމާނާއި ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ ގޮތަށް ވެސް ކުރިން ހަމަޖެހިފައި އޮތެވެ. ނަމަވެސް އެއްވެސް މަގްބޫލު އުޒުރެއް ނުދައްކާ ސަލްމާން ވަނީ އެ ފިލްމު ޕްރޮޑިއުސް ނުކުރަން ނިންމާފަ އެވެ.

ކުރިން ބެލެވުނީ "ކެސާރީ" ޕްރޮޑިއުސްނުކުރަން ސަލްމާން ނިންމީ އަޖޭ ދޭވްގަން އާ ޖެހޭގޮތް ވާތީ ކަމަށެވެ. ސަބަބަކީ އަޖޭގެ "ބެޓްލް އޮފް ސަރަގަރްހީ" އަކީ "ކެސާރީ" އާ އެއް ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމަކަށް ވާތީ އެވެ. ނަމަވެސް ފަހުން ޔަގީންވީ ގޮތުގައި މި ފިލްމުު ޕްރޮޑިއުސްނުކުރަން ސަލްމާން ނިންމީ ވެސް ރޭޝްމާ އާއި އޭނާ އާ ދެމެދު އޮތް ރުޅިވެރިކަމުގެ ސަބަބުންނެވެ.

ސަލްމާންގެ މެނޭޖަރުގެ ގޮތުގައި ރޭޝްމާ ނުވަ ވަރަކަށް އަހަރު މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް މިއަހަރު ކުރީކޮޅު ކުއްލިއަކަށް ސަލްމާން ވަނީ ރޭޝްމާ މެނޭޖަރުކަމުން ވަކިކޮށްފަ އެވެ. އެ ދުވަސްވަރު ގިނަ ބަޔަކު ބުނީ ރޭޝްމާގެ ނުފޫޒު މާ ގަދަވާން ފެށުމުން ސަލްމާން ހިތްހަމަނުޖެހީ ކަމަށެވެ. އަދި އާއިލީ ކަންކަމަށް ވަގުތު ހުސްކޮށްނުދީ ސަލްމާން އެހެން ކަންކަމުގައި ބިޒީކުރަން ފެށުމުން ސަލްމާނާއި އާއިލާގެ މީހުންނާ މައްސަލަ ޖެހެން ފެށުމުން ރޭޝްމާ މެނޭޖަރުގެ މަގާމުން ވަކިކުރަން ސަލްމާން ނިންމީ ކަމަށްވެ އެވެ.

ވަޒީފާއިން ކުއްލިއަކަށް ވަކިކުރުމުން އައި ރުޅިން މިހާރު ރޭޝްމާ މަސައްކަތް ކުރަމުން އަންނަނީ ސަލްމާނާއި އޭނާގެ އެކުވެރިންނާ ޖައްސައި އަދި ސަލްމާނަށް ރަނގަޅު ފިލްމުތައް ވެސް ނުލިބޭނެ ގޮތް ހެދުމަށެވެ.