03 ޑިސެމްބަރ 2017 - 12:18

ހަރާރޭ (ޑިސެމްބަރު 3) - ޒިމްބާބުވޭގެ ކެބިނެޓުގެ އިސް މަގާމުތަކަށް ސިފައިންގެ އޮފިސަރުން ހަމަޖެއްސި މައްސަލާގައި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ކެބިނެޓް އެކުލަވާލިތާ ދެ ދުވަސްތެރޭ ރައީސް އެމާސަން ނަންގަގްވާ ބަދަލުތަކެއް ގެނެސްފި އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ ނަންގަގްވާގެ ކެބިނެޓުގައި ތިބީ ޑިމޮކްރެޓިކް ބަދަލުތައް ޒިމްބާބުވޭ އަށް ގެނެވޭވަރުގެ ބައެއް ނޫން ކަމަށެވެ. ކެބިނެޓަށް ގެނައި ބަދަލުގައި ސިފައިންގެ އޮފިސަރުންގެ މަގާމު ބަދަލުކޮށްފައެއް ނުވެ އެވެ.
ކެބިނެޓުން ވަކިކޮށްފައި ވަނީ އެޑިއުކޭޝަން އަދި ލޭބާ މިނިސްޓަރެވެ. ފޮރިން މިނިސްޓްރީ އާއި ލޭންޑް މިނިސްޓަރުންގެ ގޮތުގައި ތިބީ ސިފައިންގެ ޖެނެރަލުންނެވެ. ސަރުކާރުން ބުނެފައި ވަނީ ކެބިނެޓަށް ބަދަލުތަކެއް ގެނައީ ގާނޫނީ އަސާސީއާ އެއްގޮތަށް ފައްތަން ކަމަށެވެ. ޒިމްބާބުވޭގެ ގާނޫނުތައް ބުނާ ގޮތުން ޕާލަމެންޓުގެ މެންބަރުން ނޫން މީހުންގެ ތެރޭން މިނިސްޓަރުކަން ދެވޭނީ ވަކި އަދަދަކަށެވެ.
ޒިމްބާބުވޭގެ ކެބިނެޓަށް ގެނައި ބަދަލުގެ ތެރޭން އެންމެ ގިނަ ބަޔަކު ފާޑުކިޔަމުން ދަނީ ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ނެގިކަން ޓީވީ އަރާ އިއުލާންކުރި ޖެނެރަލް ސިބުސިސޯ މޮޔޯ އަށް ފޮރިން މިނިސްޓަރުކަން ދިނުމުންނެވެ. އެގްރިކަލްޗާ މިނިސްޓަރުގެ މަގާމަށް ވައިގެ ސިފައިންގެ ވެރިޔާ ހަމަޖެއްސުމުން ވެސް ވަނީ ފާޑު ކިޔަން ފަށައިފަ އެވެ.