މޯހަން ނޭޕާލުގައި ކޯޗުން ތަމްރީންކުރަނީ
މޯހަން ނޭޕާލުގައި ކޯޗުން ތަމްރީންކުރަނީ

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ނޭޕާލުގައި ކުރިއަށްގެންދާ ސީ ލައިންސަން ކޯޗިން ކޯހުގައި ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ކިޔައިދެމުން އެބަދެ އެވެ.

ޖުލައި 2-14 އަށް ކުރިއަށްގެންދާ ކޯހުގެ އިިންސްޓްރަކްޓަރުކަން މޯހަން ކުރަމުން އަންނައިރު އޭނާ ވަނީ މީގެ ކުރިން ކެމްބޯޑިއާ އަދި މޮންގޯލިއާގައި ވެސް ކޯސް ހިންގައިފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ބޭއްވި ގިނަ ކޯސްތަކެއްގައި ކިޔަވައިދިނެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް ފުރަމުން އަންނަ މޯހަން ވަނީ 1997 އިން 2008 ގެ ނިޔަލަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމް ފުރައިފަ އެވެ. އޭގެ ފަހުން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި މަހިބަދޫގެ ހެޑްކޯޗުކަން ކުރި އެވެ. އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ މެޗަކުން ބަލިނުވެ ނިއު އަށް 2012 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދިނުމެވެ.