07 ޖުލައި 2016 - 15:09

ބޮލީވުޑްގެ ބައެއް ޚަބަރުތައް ބުނާ ގޮތުގައި މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ސިއްރުން އެންގޭޖްވެއްޖެ އެވެ.
މުމްބާއި މިރާގައިވާ ބުނާ ގޮތުގައި ދީޕިކާ އާއި ރަންވީރުގެ އާއިލާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ބައްދަލުކޮށް ކައިވެނީގެ ވާހަކަތައް ދައްކާފަ އެވެ.
އަދި އެންޖޭގްމަންޓް ހަފުލާއެއް ވެސް މި ދެ ތަރިންގެ ބާއްވާފައިވާ ކަމަށްވެ އެވެ.
ރަންވީރުގެ 31 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިހާރު މި ދެ ތަރިން ޔޫރަޕްގައި ޗުއްޓީއެއް ހޭދަކުރަމުންދާ ކަމަށާއި އެނބުރި މުމްބާއީ އަށް ދާނީ ޖުލައި 18 ގައި ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
އެހެންކަމުން މިހާރު ދެން ކައިވެންޏަށް މާ ގިނަ ދުވަހެއް ނެތްކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ރަންވީރާއި ދީޕިކާގެ ލޯބީގައި މައްސަލަތަކެއް ޖެހިގެން އުޅޭކަމަށް ދާދިފަހުން އަޑުތަކެއް ފެތުރުނު ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ދާދިފަހުން ސްޕެއިންގައި ބޭއްވި އައިފާ އެވޯޑު ރަސްމިއްޔާތުގައި ވަނީ ސާބިތުވެފަ އެވެ. ރަންވީރު ވަނީ ދީޕިކާ ދެކެ ލޯބިވާ މިންވަރު މި ރަސްމިއްޔާތުގައި ވަރަށް ސާފުކޮށް އެންމެންނަށް ހާމަކޮށްދީފަ އެވެ.
ފިލްމީ މަސައްކަތަށް ބަލާއިރު ރަންވީރު ދެން އެންމެ އަވަހަށް ފެންނާނީ އަދިތުޔާ ޗޯޕްރާ ޑައިރެކްޓްކުރާ "ބޭފިކްރޭ" އިން ވާނީ ކަޕޫރު އާ އެކުގަ އެވެ. ދީޕިކާ ވަނީ ހޮލީވުޑަށް ތައާރަފްވާ "3 އެކްސް ދަ ރިޓާންސް އޮފް ޒެންޑާ ކޭޖް" ފުރިހަމަކޮށްފަ އެވެ.